09 May 2018, 22:52
އުއްތަމަ ފަނޑިޔާރާއި ސުޕްރީމު ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ ހުކުމް އިއްވުން ކެންސަލް ކޮށްފިއެވެ.
މިރޭ އެ މައްސަލާގެ ހުކުމް އިއްވުން ތާވަލް ކޮށް އެ ދެ ބޭފުޅުން ކޯޓަށް ހާޒިރުކޮށްފައިވަނިކޮށް އަލީ ހަމީދު މުހައްމަދު ނޭވާ ހާސްވެގެން އެމަޖެންސީގައި އައިޖީއެމްއެޗަށް ވަނީ ގެންގޮސްފައެވެ. އަދި އެ މައްސަލައިގެ އަޑުއެހުން މިރޭ 9:30 އަށް ލަސްކުރިއެވެ.
އޭނާ އައިޖީއެމްްއެޗަށް ގެންދިޔައީ ކަރެކްޝަނަލް ސާވިސްގެ ވެހިކަލްގައެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށް ތަހުގީގަށް ބަންދުކޮށްފައި ހުއްޓައި ވެސް އަލީ ހަމީދުގެ ހާލު ދެރަވެ ވަނީ އައިޖީއެމްއެޗުގައި އެޑްމިޓްކޮށް ފަރުވާދީފައެވެ.
މައްސަލައިގެ ހުކުމް އިއްވުން މިރޭ ކެންސަލް ކުރީ ކީއްވެ ކަމެއް ނޭނގެއެވެ.