ބިޓްމޯޖީ އާ އެއްގޮތް ފީޗާ އެއް ފޭސްބުކް އިން ތައާރަފްކުރަން އުޅޭކަމަށް ހަބަރުތައް ބުނެފިއެވެ.

ޓެކް ހަބަރުތައް ގެނެސްދޭ ވެބްސައިޓުތައް ބުނާގޮތުން ބިޓްމޯޖީ ފަދައިން އަމިއްލައަށް ކަސްޓަމައިޒް ކޮށްލެވޭ އެވެޓާއެއް ފޭސްބުކަށް ގެނައުމަށް އެކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މި ފީޗާއާއެކު ބިޓްއިމޯޖީއެކޭ އެއްފަދައިން އެވެޓާގެ ސްކްން ޓޯން، މޫނުގެ ބައްޓަން، އިސްތަށިގަނޑު، މޫނުގެ ސިފަތަކާއި ހަށިގަނޑު އަދި ލައިގެން ހުންނަ ހެދުންވެސް ކަސްޓަމައިޒް ކުރެވޭނެއެވެ.

މިކަހަލަ ފީޗާއެއް ގެންނަންް އުޅޭކަންް ފޭސްބުކް އިންވެސް ވަނީ ބައެއް ވެބްސައިޓްތަކަށް ކަށަވަރުކޮށްދީފައެވެ.