ހުޅުމާލެ 121 ވަނަ ފްލެޓުން ފެށިގެން 138 ވަނަ ފްލެޓު ހިމެނޭ ސަރަހައްދާ ހަމައަށް ފެނުގެ ޚިދުމަތް ކެނޑިއްޖެއެވެ.

މާލެ ސަރަހައްދަށް ފެނުގެ ހިދުމަތް ފޯރުކޮށްދޭ އެމްޑަބްލިއުއެސްސީން ބުނީ ހުޅުމާލޭގެ ބައެެއް ސަރަހައްދުތަކުން ފެން ކެނޑުނީ އެއާރޕޯޓް ބަސް ހުއްޓި ސަރަޙައްދާ އިން ވެގެން އޮތް ހުސްބިން (ދެވަނަ ރުއްގަނޑު ސަރަޙައްދު)ގައި މަސައްކަތް ކުރަމުންދިޔަ ފަރާތުން މަގު ކޮންނަމުންދަނިކޮށް އެ ކުންފުނީގެ ފެންހޮޅިއަކަށް ގެއްލުން ވެގެން ކަމަށެވެ.

މިއަދު މެންދުރު ދޭކުން ފެށިގެން ފެން ކެނޑިފައިވާއިރު މައްސަލަ ޙައްލުކުރުމައްޓަކައި ކުންފުނީގެ ޓެކްނިކަލް ޓީމުން އެސަރަޙައްދުގައި ހަރަކާތްތެރިވަމުންދާކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އެކުންފުނިން ބުނީ މިމައްސަލަ ކުރިޔަށް އޮތް ތިން ގަޑިއިރުތެރޭގައި ޙައްލުކުރެވި ފެނުގެ ޚިދުމަތް އަލުން ގުޅައިދެވޭނެ ކަމަށެވެ.