04 Sep 2011, 14:09
މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެހި ތަކަކާއެކު ދެ މީހަކު ޏ.ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ 10 ރަބަރު ހޮޅި ކޮޅާ އެކު ހުކުރު ދުވަހުގެރޭ ހައްޔަރު ކުރީ ފުވައްމުލަކު ހޯދަޑު ވިދާތަރި، މުހައްމަދު ސައީދު 24 އަހަރާއި އަދި ހަމައެރަށު ތުންމަތި ހުސައިން ޝާމް 20 ކަމަށެވެ.
ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރު ކުރީ ފުވައްމުލަކު ރަސްމީ ބޯޅަ ދަނޑު ސަރަހައްދު ޕެޓްރޯލް ކުރަން އުޅުނު ދެ ފުލުހުންނަށް އެމީހުންގެ ހަރަކާތްތައް ހުރިގޮތުން މަސްތުވާތަކެތި ގެންގުޅޭ ކަމަށް ތުހުމަތުކުރެވިގެން ޗެކްކުރިކުރުމުން ކަމަށެވެ. އަދި މަސްތުވާތަކެތި ފެނިފައިވަނީ މުޙައްމަދު ސައީދުގެ އަތުން ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މިދިޔަ މަހުގެ 25 ވަނަ ދުވަހު ވެސް ފުލުހުން ވަނީ ފުވައްމުލަކުން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއް އަޅާފައިހުރި 15 ސެލޯފިންކޮޅާއި ހަ މޮބައިލް ފޯނާއެކު މީހަކު ހައްޔަރުކޮށްފަ އެވެ.
އަދި ހައްޔަރު ކުރި އެ ރަށު ހޯދަޑު އައްސޭރި މަންޒިލް އަލީ މުހައްމަދު 34، އަކީ މަސްތުވާތަކެއްޗާ މާރާމާރީ އާއި ވައްކަމުގެ ކުށުގެ ރިކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.