ސާޖިދު ޚާން ޑައިރެކްޓްކޮށް އުފައްދާ ފްރެންޗައިޒް ފިލްމު "ހައުސްފުލް 4" އަންނަ އަހަރުގެ އޮކޮޓޯބަރުގައި ރިލީޒްކުރުމަށް ހަމަޖެހިއްޖެއެވެ.

އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ފިލްމު ރިލީޒްކުރާއިރު ފިލްމުގެ ލީޑުން ރޯލުން، އަކްޝޭ ކުމާރު ބޮބީ ޑިއޯލް، ރިތޭޝް، ޗަންކީ ޕާންޑޭ، ބޯމާން އިރާނީ އަދި ކްރިތީ ސެނަން ފެނިގެންދާނެއެވެ.

ހައުސްފުލްގެ ހަތަރެއްގެ ބައެއް ތަރިން މިހާރު އިއުލާންކޮށްފައިވާއިރު އެ ފިލްމުގެ ކާސްޓުގައި ޕޫޖާ ހެޑްޖައި ވެސް ބައިވެރިވެފައިވާ ކަން ފިލްމުގެ ޓީމުން ވަނީ އިއުލާންކޮށްފައެވެ. ހައުސްފުލް ހަތަރެއް ވެގެންދާނީ ޕޫޖާގެ ބޮލީވުޑްގެ ދެވަނަ ފިލްމަށެވެ.

'ހައުސްފުލް'ގެ ފުރަތަމަ ބައިން ފެނިގެން ގޮސްފައި ވަނީ އަކްޝޭ ކުމާރު، ރިތޭޝް ދޭޝްމުކް، ދީޕިކާ ޕަދުކޯން، އަރްޖުން ރާމްޕާލް، ލާރާ ދައްތާ، ޖިއާ ޚާން އަދި ބޮމަން އިރާނީ އެވެ.

'ހައުސްފުލް 2' އަދި 'ހައުސްފުލް 3' އިން ފެނިގެން ދިޔައީ އަކްޝޭ އާއި ރިތޭޝްގެ އިތުރުން، އާސިން، ޖެކްލީން ފާނަންޑޭޒް، ޒަރީން ޚާން، ޝްރެޔާސް ތަލްޕާޑޭ، ޖޯން އަބްރަހަމް، މިތުން ޗަކްރަބޯޓީ، އަބީޝެން ބައްޗަން، ލީސާ ހޭޑަން އަދި ނަރްގިސް ފަޚްރީ އެވެ.

ނަމަވެސް ދާދިފަހުން ފިލްމުގެ ކާސްޓުން އަބީޝޭކް ވަނީ ބޭރުކޮށްލާފައެވެ. ފިލްމްގެ ޕްރޮޑިއުސަރު ސާޖިދް ނަޑިއަޑްވާލާ ބުނީ އަބީޝޭކް ފިލްމުން ބޭރުކޮށްލަން ޖެހުނީ ފިލްމްގެ ކާސްޓުންނަށް ގެންނަން ޖެހުނު ބަދަލުގެ ސަބަބުންނެވެ.

"ހައުސްފުލް 3" ރިލީޒްކުރީ 2016 ވަނަ އަހަރުއެވެ. 'ހައުސްފުލް'ގެ ފުރަތަމަ ފިލްމު ރިލީޒް ކުރީ 2010 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު އެވެ.