އަތުލް މާންޖްރޭކަރް ޑައިރެކްޓްކޮށް އުފައްދާ ފިލްމު "ފޭން ޚާން" ރިލީޒްކުރާ ތާރީހު އިއުލާންކޮފިއެވެ.

ބޮލީވުޑްގެ ކާމިޔާބު ބަތަލާ އައިޝްވާރިޔާ ރާއި ލީޑުން ފެނިގެންދާ އެ ފިލްމު ރިލީޒްކުރާނީ އަންނަ ޖުލައި މަހު 13ގައެވެ.

ފިލްމުގެ ފިރިހެން ލީޑުން ރާޖްކުމާރު ރޯއީ އަދި ކާމިޔާބު ބަތަލު އަނިލް ކަޕޫރު ވެސް ފެނިގެންދާނެއެވެ. އެއާއެކު މި ފިލްމު ވެގެންދާނީ ރާޖްކުމާރާއި އައިޝްވާރިޔާ އެކުގައި ސްކްރީނުން ފެނިގެންދާނެ ފުރަތަމަ ފިލްމަށެވެ.

ފިލްމުގައި އައިޝްވާރިޔާގެ ލޯބިވެރިއެއްގެ ބައި ކުޅޭ ރާޖް ކުމާރު ބުނީ މިއީ ހީވެސް ނުކުރާހާ އުފާވެރި ހަބަރެއްކަމަށެވެ.

ފިލްމުގައި މި ދެތަރިންގެ އިތުރުން ނީލް ކަޕޫރާއި ދިވްޔާ ވެސް މުހިއްމު ރޯލެއް ކުޅޭނެއެވެ. ޓީ ސީރީސް އިން އުފަައްދާ މި ފިލްމަކީ 2000 ގައި އުފެއްދި "އެވްރިބޮޑީޒް ފޭމަސް"ގެ ރިމޭކް އެކެވެ.

"ފޭން ޚާން" ރިލީޒްކުރާ ތާރީހު އިއުލާންކޮށްފައިވާއިރު މަގްބޫލު 'ރޭސް' ފްރެންޗައިޒްގެ ތިން ވަނަ އިންސްޓޯލްމަންޓް 'ރޭސް 3' ވެސް ރިލީޒްކުރާނީ ހަމަ އެ މަހުގެ 15 ވަނަ ދުވަހުގައެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އެކަމުގެ ސަބަބުން "ފޭން ޚާން" ރިލިޒްކުރުން ފަސްކުރުން އެކަށީގެން ވެއެވެ.