09 May 2018, 08:37
ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) އިން އިއުލާންކޮށްފައިވާ ފިލްމުޝަމްޝޭރާގައި ބޮލީވުޑްގެ ބަތަލު ރަންބީރު ކަޕޫރު ފެނިގެންދާނީ މުޅިން ތަފާތު ގޮތަކަށް ކަމަށް ފިލްމުގެ ޓީމުން ބުނެފިއެވެ.
ފިލްމުގެ ލީޑް ރޯލުން ރަންބީރު ފެނިގެންދާއިރު ފިލްމުގައި އޭނާ ފެނިގެންދާނީ ފޭރޭ މީހެއްގެ ރޯލުންނެވެ. އެކްޝަން/އެޑްވެންޗަރ އެ ފިލްމަކީ ކަރަން މަލްހޯތްރާ ޑައިރެކްޓްކުރާ ފިލްމެކެވެ.
ފިލްމާ ގުޅޭ ގޮތުން ރަންބީރު ބުނީ އަބަދުވެސް ތަފާތު ރޯލުތަކަށް ޝައުގު ހުންނަ ކަމަށާއި އެގޮތުން މި ރޯލު ކުޅެލަން ލިބުމުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.
"މި ފިލްމަކީ އަބަދުވެސް ކުޅެލަން ބޭނުންވި ކަހަލަ ރޯލެއް ކުޅެވޭނެ ފިލްމެއް. ގިނަ ދުވަހެއްގެ އުންމީދެއް މިއީ. ވަރުގަދަ ވާނެ. ޗެލެންޖެއް މިއީ. ތަފާތު ދައްކާނަން. ބެސްޓް ނެރޭނަން،" އޭނާ ބުންޏެވެ.
करम से डकैत,
धरम से आज़ाद
Presenting#RanbirKapoorin a never seen before avatar in YRF's next action adventure#SHAMSHERA. Directed by@karanmalhotra21|@ShamsheraMoviepic.twitter.com/5Dqg7GDOhQ— Yash Raj Films (@yrf)May 7, 2018
ފިލްމުގެ ފިރިހެން ލީޑް އިއުލާންކުރި ނަމަވެސް ފިލްމުގެ އެހެން ތަރިންނެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ވައިއާރްއެފް އިން ބުނީ ފިލްމުގެ ޝޫޓިން މިއަހަރު ފަހުކޮޅު ފަށައި އަންނަ އަހަރުގެ މެދު ތެރޭ ހިސާބަށް ޝޫޓިން އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.
ރަންބީރު އެންމެ އަވަހަށް ސްކްރީނުން ފެނިގެންދާނީ ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް، ރާޖްކުމާރު ހިރާނީ ޑައިރެކްޓުކޮށް އުފައްދާ ފިލްމު "ސަންޖޫ" އިންނެވެ. އެ ފިލްމު ރިލީޒްކުރާނީ އަންނަ ޖޫން މަހުގެ 29 ވަނަ ދުވަހުއެވެ.