08 May 2018, 22:10
ޓޫރިސްޓު ރިސޯޓެއް ތަރަށްގީކުރުމަށް ދޫކޮށްފައިވާ ނ. ރާފުށީގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 10.18 މިލިއަން ޑޮލަރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް އެގްޒޮޓިކް ޕްރޮޕަޓީސް ޕުރައިވެޓް ލިމިޓެޑުގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ 2010 ވަނަ އަހަރުގެ ޑިސެމްބަރު 13 ވަނަ ދުވަހު ރާފުށި ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރަށްގީ ކުރުމަށް ވެފައިވާ ލީސް އެގުރިމެންޓްގެ ދަށުން އެރަށުގެ ކުލީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ދަށްކަން ޖެހޭ މުއްދަތުގައި ދައްކާފައި ނުވާކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީއަތަށް ސާބިތުވާކަމަށެޥެ.
އެހެންކަމުން ކުލީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ އާއި އެފައިސާ ނުދެއްކުމުންް އަރާފައިވާ ޖޫރިމަނާ އާއެކު ޖުމްލަ 10.18 މިލިއަން ޑޮލަރު މިއަދުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި މީރާ އަށް ދައްކައި ޚަލާސް ކުރުމަށް އެގްޒޮޓިކް ޕުރޮޕަޓީސް ޕުރައިވެޓް ލިމިޓެޑަށް ވަނީ އަންގައި އަމުރުކޮށްފައެވެ.