08 May 2018, 18:22
މިސްރުގެ އަލް އަލް އަޒްހަރު ޔުނިވާސިޓީގައި ކިޔެވުމަށް 22 ސްކޯލާޝިޕްގެ ފުރުސަތު ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން މިއަދުހުޅުވާލައިފިއެވެ.
ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން މިދިޔަ އާދިއްތަ ދުވަހު ކުރި އިއުލާންއެއްގައި ސްކޯލާޝިޕްގެ 22 ފުރުސަތު ހުޅުވާލިއިރު، އޭގެ ތެރޭގައި ޝަރީއާއާ ގުޅޭ 10 ފުރުސަތާއި އަދި އެހެނިހެން 12 ދާއިރާއިން ބެޗެލާސް ޑިގްރީއިން ކިޔެވުމުގެ ފުރުސަތު ހިމެނެއެވެ.
މިއީ އަރަބި ބަހާއި އިނގިރޭސިބަހުން ކިޔަވައިދޭ ކޯސްތަކެކެވެ.
ޝަރީއާގެ އިތުރުން ސްކޯލާޝިޕްގައި ހިމެނޭއެހެނިހެން ދާއިރާތަކުގެ ތެރޭގައި އިންޖިނިއަރިންގެ އެކި އެކި ޕްރޮގްރާމްތަކާއި، މެޑިސިންއާއި ޑެންޓިސްޓްރީގެ އިތުރުން ސައިންސްއާއި ހިއުމޭނިޓީސްގެ އެކިއެކި ދާއިރާތައް ހިމެނެއެވެ.
ކޯހަށް ކުރިމަތިލުމުގެޝަރުރުތަކުގެ ތެރޭގައި ޝަހާދާ ޘަނަވިއްޔާ ނިންމައި ފާސްވުމާއެކު، ޝަހާދާ ޘަނަވިއްޔާ ނިންމިފަހުން މިއަހަރު ސެޕްޓެމްބަރު މަހު 15 އަށް ތިން އަހަރު ވެފައި ނުވުމާއި އަދި ހަމަ އެ މުއްދަތަށް އުމުރުން 25 އަހަރުން ފުރިފައިނުވުން ހިމެނެއެވެ.
ހަޔާ އެޑިއުކޭޝަނުން ބުނީ ކޯހަށް އެދެން ބޭނުންވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން އެޑިޕާޓްމަންޓަށްފޯމް ހުށަހަޅަން ޖެހޭނެ ކަމަށެވެ.