08 May 2018, 15:41
ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ސިއްހީ ހާލަތު ތަން ނުދޭތީ ކޯޓަށް ހާޒިރު ނުކުރެވިގެން މިއަދު ކްރިމިނަލް ކޯޓުގައި ތާވަލު ކުރި އަޑުއެހުން ކެންސަލް ކޮށްފިއެވެ.
ރައީސް މައުމޫނުގެ މައްޗަށް ދައުވާ ކުރާ ދެ މައްސަލައެއް މިއަދު ތިނެއް ޖަހާއިރަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލުކޮށްފައެވެ. އެއީ އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމާއި ޓެރަރިޒަމްގެ ދައުވާގެ މައްސަލަ އެވެ.
އެމައްސަލައިގެ އަޑުއެހުން މިއަދު ކެންސަލް ކުރީ ރައީސް މައުމޫނުގެ ސިއްހީ ހާލަތު ގޯސްވެ ކޯޓަށް ހާޒިރު ނުކުރެވިގެން ކަމަށް ފުލުހުން ކޯޓަށް އަންގާފައިވާ ކަމަށް ބުނެ މައުމޫނުގެ ގާނޫނީ ވަކީލު މައުމޫނު ހަމީދު ވަނީ ޓްވީޓެއް ކުރައްވާފައެވެ.
ރައީސް މައުމޫނުގެ ސިއްހީ ހާލަތު ގޯސްވެ ކޮންމެ ވަގުތަކުވެސް ވެއްޓިވަޑައިގެންފާނެ ކަމުގެ ބިރު އޮތް ކަމަށް ޑޮކްޓަރާ ހަވާލާދީ ވަކީލުން ދަނީ ބުނަމުންނެވެ.
އެހެންކަމުން ރައީސް މައުމޫނު ގޭ ބަންދަށް ބަދަލުކޮށް ދިނުމަށް އާއިލާއިން ވަނީ ތަކުރާރުކޮށް އެދިފައެވެ.