08 May 2018, 14:03
ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރު ކައިވެނިކޮށްފިއެވެ.
ސޯނަމް ކައިވެނިކުރީ އޭނާގެ ލޯބިވެރިޔާ އާނަންދު އަހޫޖާއާއެވެ. ސޯނަމްއާއި އަހޫޖާ ކައިވެނިކުރިކަން އޭނާގެ ކޮއްކޮ ރިއާ ކަޕޫރު ވަނީ ޔަގީންކޮށްދީފައެވެ.
މިއަދު މެންދުރު ދެ މީހުން ކައިވެނިކުރީ މުމްބާއީގައި ސޯނަމްގެ ބޮޑުދައިތައިގެ ބަންގަލޯއެއް ކަމުގައިވާ "ބޭންޑުސްޓޭންޑް"ގައެވެ.
ސޯނަމްއާއި އާނަންދު ކައިވެނި ކުރާނެކަމަށް ޚަބަރުތައް ބުނާތާ ދުވަސްތަކެއް ވެއްޖެއެވެ. ދެ މީހުންގެ ކައިވެންޏަށް ބޮލީވުޑްގެ މަޝްހޫރު ގިނަ ފަންނާނުންތަކެއް ބައިވެރިވެފައިވެއެވެ.
އޭގެ ތެރޭގައި އަމީތާބު ބައްޗަން، ކަރީނާ ކަޕޫރު، ސައިފް ހާން އަދި ކެޓްރީނާ ކައިފް ހިމެނެއެވެ.
އެ ދެމީހުންގެ ކައިވެނީގެ ޕާޓީ މިރޭޭ ކުރިއަށްދާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ކައިވެނީގެ ކުރިން ބޭއްވި ހަލްދީ އަދި މެހެންދީ ވަނީ ވަރަށް ކުލަގަދަ ގޮތެއްގައި ބާއްވާފައެވެ. އެ ދެ ހަފްލާގައި ވެސް ގިނަ އަދަދެއްގެ ތަރިން ވަނީ ބައިވެރިވެފައެވެ.
ސޯނަމް ކަޕޫރު އަކީ މަޝްހޫރު ބަތަލު އަނިލް ކަޕޫރުގެ ދަރިފުޅެވެ.