04 Sep 2011, 12:23
"ފަސްޓް ބީޗް ސްޕޯޓްސް ފެސްޓިވަލް 2011" ގައި ސްރީލަންކާގެ ފަސް ސްޓޭޓާއި ވާދަކޮށް ރާއްޖޭގެ ޓީމު ކާމިޔާބުކޮށްފި އެވެ.
ސްރީލަންކާގެ ނެޓްބޯލް އެ ސޯސިއޭޝަންގެ ދައުވަތަށް ރާއްޖޭގެ ޓީމް ފުރާފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.
ރާއްޖޭގެ ނެޓްބޯލް ބީޗް ޓީމް ވަނީ ލަންކާގެ ފަސް ސްޓޭޓާ ބައްދަލު ކޮށްފަ އެވެ. އަދި ކޮންމެ މެޗެއް ވެސް ރާއްޖޭން ވަނީ ކާމިޔާބު ކޮށްފަ އެވެ. ލަންކާގެ ގައުމީ ޕޫލް އާ ވާދަކޮށް ރާއްޖެ ވަނީ އެއްވަރުވެފަ އެވެ.
ނެޓްބޯލް އެ ސޯސިއޭޝަނުން ބުނީ މިއީ "އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީ އެއް ކަމަށެވެ."
ރާއްޖޭގެ ނެޓްބޯލް ބީޗް ޓީމް މާލެ އައިސްފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ.