07 May 2018, 22:46
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނެވިކުރީގެ ކަމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކުރައްވައި، އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ނާއިފް ޝައުކަތު ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހަމަޖައްސަވައިފިއެވެ.
މި ބަދަލު ގެނައިކަން ރައީސް އޮފީހުން ވަނީ ޔަގީންކޮށްދީފައެވެ.
ހުސައިން ވަހީދު ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހަމަޖެއްސެވީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އޭނާ އެ މަގާމަށް ހަމަޖެއްސީ ޕޮލިސް ކަމިޝަނަރުކަމުން ވަކިކުރެއްވުމަށްފަހުއެވެ.
ކުރިން ޖުމްހޫރީ ޕާޓީގައި އުޅުއްވި ނާއިފް މި ސަރުކާރު ފެށުނީއްސުރެ ހުންނެވީ ޔޫތް މިނިސްޓްރީގައެވެ.