04 Sep 2011, 09:46
މި ސެޕްޓެމްބަރު މަހު 6 އިން 8 އަށް ފިލިޕީންސްގެ މެނީލާގައި ބާއްވާ އޭޝިޔާ ސަރަޙައްދުގެ އިޤްތިޞާދީ ހާލަތާ ގުޅޭ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށް ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް، "ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތެރި ވެރިޔާ" އިބްރާހީމް ޙުސައިން ޒަކީ ރޭ ފުރާވަޑައިގެންފި އެވެ.
އދ.ގެ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޮ އޭޝިޔާ އެންޑް ދަ ޕެސިފިކް (އެސްކެޕް) އިން އިންތިޒާމް ކޮށްގެން ބާއްވާ މިކޮންފަރެންސްގައި، މުޅި ދުނިޔެއަށް ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމުގައި ހުރި ދަތިތަކާއި ދުނިޔޭގެ އިޤްތިޞާދު އަލުން އާރާސްތު ކުރުމަށްޓަކައި ކުރަން ހުރި މަސައްކަތްތަކުގެ މައްޗަށް މަޝްވަރާ ކުރައްވާނެއެވެ.