10:00


ށ.ކޮމަންޑޫގައި މޫދަށް އެރިއުޅުނު އަންހެނަކު މަރުވެއްޖެ އެވެ.


ފުލުހުން ބުނީ އިއްޔެ ހަވީރު ފަހެއްޖަހާކަންހާއިރު އެ ހާދިސާ ހިނގާފައި ވަނީ ކަސްރަތުކުރަން މޫދަށް ދިޔަ ހަތަރު އަންހެނުން މޫދަށްއެރިއުޅުމުގެ ތެރޭގައި އެރަށު ފެހިގޭ 57 އަހަރުގެ ޖަމީލާ ދާއޫދު ފައިނުޖެހޭ ހިސާބަށް ބޭރަށް ގޮސްއޮވެފައި ބުނަންނޭނގޭ ކަހަލަ ގޮތްތަކެއްވާ ކަމަށްބުނުމުން މޫދުގައި ތިބި މީހުން އޭނާ އެއްގަމަށް ގެނެސް ފަރުވާ ދިނުމަށް އެމްބިއުލައިންސްގައި އެރަށު ޞިއްހީ މަރުކަޒަށް ގެންދިޔަތަނާ ކަމަށެވެ.  


އެމްބިއުލައިންސްގައި ތިބި މީހުންގެ ފަރާތުން މަޢުލޫމާތު ލިބުނު ގޮތުގައި ޖަމީލާ ދާއޫދު އެމްބިއުލައިންސަށް އެރުވިތަނާ އޭނާއަށްވަނީ ފިޓުޖެހިފައެވެ. އަދި އަނގައިންނާއި ނޭފަތުން ފޮނުއައިސް ބޮޑުކަމުދެވިފައިވާ ކަމަށް ވެސް އެފަރާތުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.


ކޮމަންޑޫ ސިއްހީ މަރުކަޒުން އޭނާ ބެއްލެވި ޑޮކްޓަރުން މަޢުލޫމާތުދެއްވި ގޮތުގައި އޭނާ މަރުވެފައިވަނީ ފަރުވާ ދެމުންދަނިކޮށް ކަމަށް ވެސް ފުލުހުން ބުންޏެވެ.