މި މަހު 25ގައި ސްކްރީނަށް އަންނަ ފިލްމު "ބަކެޓް ލިސްޓް"ގެ ޓްރެއިލާ މިހާރު މިވަނީ އާންމުކޮށްފަ އެވެ.

ބޮލީވުޑްގެ ލެޖެންޑަރީ މާދުރީ ޑިކްސިޓް ލީޑް ރޯލުން ފެނިގެންދާ އެ ފިލްމުގެ ޓްރެއިލާ އަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނަ އިރު އެ ފިލްމުގައި މާދުރީއަކީ އާދައިގެ ދިރިއުޅުމެއް އުޅެމުންދާ ގެވެހި އަނތްބެކެވެ.

އޭނާގެ ދިރިއުޅުން ބަދަލުވެގެން ދަނީ އޭނާގެ ހިތުގެ ޓްރާންސްޕްލާންޓެއް ކުރާ ހިސާބުންނެވެ. އޭނާއަށް ހިތް ޑޮނޭޓުކުރި އަންހެން ކުއްޖާ މަރުވުމުގެ ކުރިން ކުރަން ބޭނުން ކަންތައްތަކުގެ "ބަކެޓް ލިސްޓް" ފެނި، އެ ލިސްޓު ފުރިހަމަ ކޮށްދޭން މާދުރީ ބޭނުންވެ އެވެ.

ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަންސް އިން ޕްރޮޑިއުސް ކޮށްފައިވާ އެ ފިލްމު ޑައިރެކްޓް ކުރަނީ ތޭޖާސް ޕްރަބާ އެވެ. ފިލްމުގެ ހާއްސަ ފެނިލުމަކުން ބޮލީވުޑްގެ ކާމިޔާބު ބަތަލު ރަންބީރު ކަޕޫރު ވެސް ފެނިގެންދާނެ އެވެ.

ފިލްމުގައި ދެން ފެނިގެންދާނީ ޒުވާން އަންހެން ކުއްޖެއްގެ "ބަކެޓް ލިސްޓް" ފުރިހަމަ ކުރުމަށް މާދުރީ ކުރާ ބުރަ މަސައްކަތެވެ.

ގިނަ ބަޔަކު ފިލްމަށް އިންތިޒާރު ކުރަމުން އަންނައިރު ޓްރެއިލާގައި މާދުރީ ދައްކުވައިދީފައިވާ އެކްޓިން އަށް ވެސް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފަ އެވެ.