ފްރެންޗައިޒް އުސޫލުން ގެނެސްދެމުން އަންނަ ފިލްމު "ފާސްޓް އެންޑް ފިއުރިއަސް 9"ގެ ޝޫޓިން އެފްރިކާގައި ނެގުމަށް ނިންމައިފިއެވެ.

ބިލިއަން ޑޮލަރުގެ އާމްދަނީ ހޯދަމުން އަންނަ އެ ކާމިޔާބު ފިލްމު ކުރިން ރިލީޒްކުރަން ހަމަޖެހިފައިވީ އަންނަ އަހަރުގައެވެ. ނަމަވެސް ދިމާވި ބައެއް ސަބަބުތަކަކާ ހެދި ފިލްމު މިވަނީ 2020 ވަނަ އަހަރަށް ލަސްކޮށްފައެވެ.

ފިލްމުގެ ޕްރޮޑިއުސަރު އަދި އެކްޓަރު ވިން ޑީޒެލް ބުނީ ފިލްމުގެ ނުވަ ވަނަ ބަޔަކީ އެ ފިލްމުގެ އެހެނިހެން ހުރިހާ ބައިތަކާ ހިލާފަށް ވަރުގަދަ ވެގެންދާނެ މޮޅު ފިލްމެއް ކަމަށެވެ.

"މިފަހަރުގެ ޝޫޓިން އެފްރިކާގައި ކުރުން ވަރަށް ގާތް. އެއީ އަދި ފިލްމުގެ އެއްވެސް މަންޒަރެއް އެ ހިސާބުގައި އެއް ނުކުރަން،"

ސްޕެއިން، މެކްސިކޯ، ޔޫއޭއީ، ބްރެޒިލް، ޔޫކޭ އަދި ޖަޕާނުގައި ފިލްމުގެ މަންޒަރުތައް ވަނީ މީގެ ކުރިން ޝޫޓްކޮށްފައެވެ.

ޖަސްޓިން ލިން ޑައިރެކްޓްކުރާ އެ ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނީ 2020 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 10 ވަނަ ދުވަހުއެވެ.

ފިލްމުގެ މައިގަނޑު ކާސްޓުންގެ ގޮތުގައި ފެނިގެންދާނީ އެ ފިލްމްގެ ކުރީގެ އަށް ފިލްމުން ވެސް ފެނިގެން ދިޔަ ވިން ޑީޒެލް އާއި ޑްވޭން (ރޮކް) ޖޯންސަން އަދި ޖެސެން ސްޓެތަމް އެވެ.

"ފާސްޓް އެންޑް ފިއުރިއަސް" އަކީ 2001 ވަނަ އަހަރުން ފެށިގެން ބެލުންތެރިންނާ ހަމައަށް ގެނެސްދޭ ފްރެންޗައިޒް އެކެވެ.