އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު މާދަމާއިން ފެށިގެން ބޮޑުކުރަން އެ ކުންފުނިން ނިންމައިފިއެވެ.

މާދަމާއިން ފެށިގެން އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގުން 31 ލާރި ބޮޑުވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯއިން ބުނީ، ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކުރަން ނިންމީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވަމުން ދިއުމާ ގުޅިގެން ކަމަށެވެ.

މާދަމާ އިން ފެށިގެން ޕެޓްރޯލް ލިޓަރެއް ވިއްކަން ހަމަޖެހިފައިވަނީ 10.42 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަން ހަމަޖެހިފައިވަނީ 10.72 ރުފިޔާއަށް ކަމަށްވެސް އެސްޓިއޯއިން ބުންޏެވެ.

އެސްޓީއޯ މި އަހަރުގެ ތެރޭގައި ތެލުގެ އަގަށް ބަދަލު ގެނައި މިއީ ތިން ވަނަ ފަހަރެވެ. އެސްޓީއޯއިން އެންމެ ފަހުން މިދިޔަ މާޗް މަހުގެ ތެރޭގައި ވަނީ ޑީސަލް ލީޓަރަކުން 20 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 30 ލާރި ހެޔޮކޮށްފަ އެވެ.