Back
Nov 24, 2025 SUN
SUN

ހުޅުމާލޭގެ އެކި ސަރަހައްދުތަކުން މިރޭ ކަރަންޓު ކަނޑާލަނީ

ހުޅުމާލޭގެ އެކި ސަރަހައްދުތަކުން މިރޭ ކަރަންޓު ކަނޑާލަނީ
Lead photo

ހުޅުމާލޭގެ އިންޖީނުގޭގެ ދެ އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން ހުޅުމާލޭގެ އެކި ސަރަހައްދުތަކުން މިރޭ ކަރަންޓު ކަނޑާލަން ނިންމައިފިއެވެ.

ސްޓެލްކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންޖީނުތަކަށް ދިމާވި މައްސަލަތަކާ ގުޅިގެން އެންމެ ލޯޑުބޮޑުވާ ވަގުތު ހުޅުމާލޭގެ އެކި ސަރަހައްދުތަކުން އެއް ގަޑިއިރަށް ކަރަންޓު ކެނޑޭނެކަމަށެވެ.

ސްޓެލްކޯއިން މިހާރު ދަނީ މާލެ ސަރަހައްދުގައި ޑިމާންޑާ އެއްވަރަށް ކަރަންޓު އުފެއްދުމަށްޓަކައި ފިފްތު ޕަވަރ ޕްރޮޖެކްޓުގެ ދަށުން ހުޅުމާލޭގައި އަޅާ ބޮޑު އިންޖީނުގެ ބިނާކުރަމުންނެވެ. އަދި އެ އިންޖީނުގޭގެ 90 ޕަސަންޓަށް ވުރެ ބޮޑު ބައެއްގެ ކޮންސްޓްރަކްޝަން މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

ޗައިނާގެ ޑޮންފެންގް އިލެކްޓްރޯނިކް ކޯޕަރޭޝަން (ޑީއީސީ)އާ ހަވާލުކޮށްގެން އަޅާ އިންޖީނުގެއަކީ ސްޓެލްކޯއިން އަޅާ އެންމެ ބޮޑު އިންޖީނުގެއެވެ.

އެ އިންޖީނުގެއިން 50 މެގަވޮޓުގެ ކަރަންޓު އުފައްދާނެއެވެ. ސްޓެލްކޯއިން މާލޭގައި މިހާރު ހިންގާ އިންޖީނުގެއިން އުފައްދަނީ 75 މެގަވޮޓުގެ ކަރަންޓެވެ.

މާލެއަށް ކަރަންޓު ފޯރުކޮށްދޭން ހަމަޖެހިފައިވަނީ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު މެދުވެރިކޮށް އަޅާ ހައި-ވޮލްޓޭޖް ކޭބަލެއް މެދުވެރިކޮށް، ދެ ރަށުގެ ކަރަންޓު ނިޒާމު އެއް ވިއުގައަކުން ގުޅާލައިގެންނެވެ. ހައި-ވޮލްޓޭޖް ކޭބަލް އެޅުމުގެ މަސައްކަތްވެސް ކުރާނީ ޗައިނާގެ ޑީއީސީ ކުންފުނިންނެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics