03 Sep 2011, 17:19
ވިލިނގިއްޔަށް ގޮސް މޫދަށް އެރިއުޅުނު 28 އަހަރުގެ ފިރިހެނަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ އޭނާ މޫދަށް އެރި އުޅެނިކޮށް ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ ފެނިފައި ވަނީ ވިލިނގިލީ އަބްދުއްރަޙްމާން ޕްރީ ސްކޫލާ ދިމާ މޫދު ތެރެއިން އޭނައާ އެކު ދަތުރު ދިޔަބަޔަކަށް ކަމަށެވެ.
އޭނާ ފެނުމާ އެކު ވިލިނގިލި ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންދިޔަ ކަމަށާއި އިތުރަށް ފަރުވާދިނުމަށް ޕޮލިސް ލޯންޗެއްގައި މާލެ ގެނައި އިރު މަރުވެފައިވާ ކަމަށް އައިޖީއެމް ހޮސްޕިޓަލުން ބެއްލެވި ޑޮކްޓަރު މަޢުލޫމާތު ދިން ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާ އާ ބެހޭ އިތުރު ތަފުސީލެއް ފުލުހުން ނުދިނެ އެވެ.
ނަމަވެސް ސަން އަށް އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ މުހައްމަދު ނާޖީ ނައީމު، ވިލިމާލެ، ވިލީސިއާ އެވެ.
އޭނާ ގެއްލިގެން ހޯދަމުންދަނިކޮށް ފެނިފައި ވަނީ މިއަދު ހަވީރު 4:00 ހާއިރު ކަމަމަށް ފުލުހުން ބުންޏެވެ.