ޖޫން މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޓީވީ އެވޯޑްސްގެ ނޮމިނޭޝަންތައް އިއުލާނުކޮށްފައިވާއިރު، ނޮމިނޭޝަންތަކުގެ އެންމެ ކުރީގައި ބްލޮކްބަސްޓާ ފިލްމު ބްލެކް ޕެންތާ ހިމެނިއްޖެއެވެ.

މި އެވޯޑްސްގައި ބްލެކްޕެންތާއަށް ނުވަ ނޮމިނޭޝަނެއް ލިބިފައިވާއިރު ނޮމިނޭޝަން ލިސްޓުގެ ދެވަނަ ލިބެނީ ނެޓްފްލިކްސްގެ ޝޯ ސްޓްރޭންޖާ ތިންގްސް އަށެވެ. އެ ސީރީޒް ވަނީ ހަ ކެޓަގަރީ އަކަށް ނޮމިނޭޓް ވެފައެވެ. މީގެ އިތުރުން ރިވަޑޭލް އާއި ގޭމް އޮފް ތްރޯންސް ވަނީ ތިން ކެޓަގަރީ އަކުން އެވޯޑަށް ނޮމިނޭޓްވެފައެވެ.

މި އެވޯޑުގެ ބެސްޓް ފިލްމަށް ވާދަކުރަނީ އެވެންޖާސް: އިންފިނިޓީ ވޯ ގެ އިތުރުން ބްލެކް ޕެންތާ އާއި ގާލްސްޓްރިޕް، އިޓް އަދި ވޮންޑާ ވުމަން އެވެ.

އެންމެ މޮޅު ސީރީޒްތަކުނެ ނޮމިނޭޝަންތަކަށް ބަލާއިރު މި ކެޓަގަރީގައި ވާދަކުރަނީ ސްޓްރޭންޖާ ތިންގްސް، ގޭމް އޮފް ތްރޯންސް، ގްރޯން-އިޝް، ރިވަޑޭލް އަދި 13ރީޒަންސް ވައި އެވެ.

އެންމެ މޮޅު ރިއަލިޓީ ޓީވީ ޝޯގެ ކެޓަގަރީން ވާދަ ކުރަނީ ދަ ކާޑޭޝަންސް، ލަވް އެންޑް ހިޕް ހޮޕް، ރިއަލް ހައުސް ވައިވްސް، ރޫ ޕޯލްސް ޑްރެގް ރޭސް އަދި ވެންޑާޕަމްޕް ރޫލްސް އެވެ.

މިއީ އެމްޓީވީ އެވޯޑްސް ބާއްވާ 27 ވަނަ އަހަރެވެ. ޓިފެނީ ހެޑިޝް ހީސްޓް ކުރާ މި ހަފްލާ އޮންނާނީ ކެލިފޯނިއާގެ ބާކާ ހަންގާ، ސެންޓާ މޮނިކާ ގައެވެ.