އޭބީސީ ނެޓްވާކުން މިހާރު ގެނެސްދެމުން އަންނަ އެންޓަޓެއިންމަންޓް ޝޯ "އެމެރިކަން އައިޑަލް"ގެ އިތުރު ސީޒަނެއް ގެނެސްދިނުމަށް ނިންމައިފިއެވެ.

އެމެރިކަން އައިޑަލް އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިހާރު ކުރިއަށްދާ އައިޑަލްގެ 16 ވަނަ ސީޒަނަށް ލިބެމުން އަންނަ ތަރުހީބަށް ބަލައި އޭގެ އެހެން ސީޒަނެއް ގެނައުމަށް ނިންމީ ކަމަށެވެ.

މީގެ ކުރިން ވެސް އެމެރިކަން އައިޑަލްއަށް ގިނަ ބައެއްގެ ތަރުހީބު އަންނަނީ ލިބެމުންނެވެ.

މިދިޔަ މާޗް މަހު އެމެރިކަން އައިޑަލްގެ ސީޒަނެއް ފަށައި އެ ސީޒަންގެ އާ ޖަޖިން ޕެނަލް އެއް ވަނީ އާންމުކޮށްފައެވެ. ކޭޓީ ޕެރީ އާއި ލޫކް ބްރާޔަން އަދި ލިއޮނަލް ރިޗީ އެވެ.

އެންމެ ފަހުން އެމެރިކަން އައިޑަލްގެ ސީޒަނެއް ފެނިގެން ދިޔައީ 2016 ވަނަ އަހަރުއެވެ. އެމެރިކަން އައިޑަލްގެ މިފަހަރުގެވެސް ހޯސްޓަކީ ކުރީ ސީޒަންގެވެސް ހޯސްޓް ރިއާން ސީކްރެސްޓްއެވެ.