06 May 2018, 08:33
މާލެ އަތޮޅު ފުނަދޫ (ތެޔޮ ފުނަދޫ) ކައިރިން ދަތުރުކުރި ތެޔޮބޯޓަކާއި ފެރީއެއް ޖެހި ހިނގި އެކްސިޑެންޓެއްގަައި މީހަކަށް އަނިޔާވެއްޖެއެވެ.
އެ އެކްސިޑެންޓް ހިނގާފައިވަނީ ހެނދުނު 7:10 ހާއިރު އެވެ.
އެކްސިޑެންޓްގައި މީހަކަށް އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
ސަންއަށް އެނގިފައިވާ ގޮތުގައި އެކްސިޑެންޓްވި ފެރީއަކީ ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް)ގެ ފެރީއެކެވެ.
މި އެކްސިޑެންޓްގައި ދެ އުޅަނދަށް އެކިވަރުގެ ގެއްލުން ލިބިފައިވާއިރު އިތުރު މީހަކަށް އަނިޔާވި ކަމެއް ސާފުވާގޮތްވަނީ ނުވެފައެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެފަދަ ހާދިސާއެއް ހިނގައިގެން 7:15 ކަންހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށާއި ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.