06 May 2018, 08:49
ބަތަލާ އާލިއާ ބަޓް ފިޔަވައި އިތުރު ބަތަލާ އަކާއެކު ފިލްމު "ރާޒީ" ނުހެދޭނެ ކަމަށް ފިލްމުގެ ޑައިރެކްޓަރު މޭގްނާ ގުލްޒާރު ބުނެފިއެވެ.
އާލިއާއަށް ތައުރީފު ކުރަމުން މޭގްނާ ބުނީ، އެ ފިލްމު ހެދުމުގެ ޚިޔާލު ބޮލަށް ވަނީއްސުރެ، އެންމެ ފުރަތަމަ ވެސް ބޭނުންވީ އާލިއާ ލައްވައި ފިލްމު ކުޅުވަން ކަމަށެވެ.
އަދި އެހެން އިތުރު އަންހެން އެކްޓަރެއް އެ ރޯލަށް ފިޓު ނުވާ ކަމަށާއި، އާލިއާ ފިލްމަށް އެއްބަސް ނުވި ނަމަ ފަހަރުގައި ފިލްމު ނުވެސް ހެދީމުސް ކަމަށެވެ.
"އަހަރެން ވަރަށް ބޮޑަށް ޝުކުރުވެރިވަން އާލިއާއަށް ފިލްމަށް އެއްބަސްވީތީ. ނޫންނަމަ އަހަންނަށް މި ފިލްމެއް ނުހެދޭނެ. މިއީ އެެހެން އެއްވެސް އެކްޓަރަކަށް ބުނާ ބަދު ބަހެއް ނޫން، އެކަމަކު އާލިއާ ނޫން އެހެން އެކްޓަރެއް އެ ރޯލަށް ފިޓު ނުވޭ،" މޭގްނާ ބުންޏެވެ.
ޖަންގްލީ ޕިކްޗާޒް އަދި ދަރްމާ ޕްރޮޑަކްޝަންސް އިން ޕްރޮޑިއުސްކޮށްފައިވާ އެ ފިލްމުގައި އާލިއާ ފެނިގެން ދަނީ 'ސެހްމަތު' ކިޔާ އިންޑިއާ އަންހެނެއްގެ ރޯލުންނެވެ.
ފިލްމުގައި އޭނާ އަކީ އިންޑިއާއަށް ޖާސޫސް ކޮށްދިނުމަށް، ޕާކިސްތާނު ފުލުހަކާ ކައިވެނިކޮށްގެން ޕާކިސްތާނަށް ދާ މީހެކެވެ. ފިލްމުގައި އާލިއާގެ ފިރިމީހާގެ ރޯލުން ފެނިގެންދާނީ ވިކީ ކޯޝަލް އެވެ.
ހަރިންދަރު ސިއްކާގެ ފޮތް ''ކޯލިންގް ސެހްމަތު''ގެ މައްޗަށް އުފައްދައިފައިވާ އެ ފިލްމު ރިލީޒް ކުރާނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.