މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެއެވެ.

މިއަދު މެންދުރުފަހުގެ ވަގުތުން ފެށިގެން މަލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓު ކެނޑިފައެވެ.

ސްޓެލްކޯއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މާލޭގެ މާފަންނު، މައްޗަންގޯޅި އަދި ހެންވޭރު އަވަށުގެ ބައެއް ސަރަހައްދުތަކަށް ކަރަންޓުގެ ޚިދުމަތް ދިނުމުގައި މައްސަލަތަކެއް ދިމާވަމުންދާ ކަމަށެވެ.

އެހެން ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ސްޓެލްކޯއިން ހާމައެއް ނުކުރެއެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑިފައިވާ ސަރަހައްދުތަކަށް ވީހާވެސް އަވަހަކަށް އަލުން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.