ފެންޓީ ޕޫމާ އެކްސް ކަލެކްޝަންގެ އުފެއްދުންތައް "އެފްޔޫ"ގެ ނަމުގައި ޕްރޮމޯޓްކުރާތީ ދައުވާކުރާނެ ކަމުގެ އިންޒާރު އެމެރިކާގެ ކްލޯތިން ބްރޭންޑް ފްރީޑަމް ޔުނައިޓެޑް (އެފްޔޫ) އިން މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާ އަށް ދީފި އެވެ.

އެފްޔޫ ކުންފުނިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ "އެފްޔޫ"ގެ ނަމުގެ ލޯގޯގައި ނެރޭ ހުރިހާ ސާމާނެއް ވިއްކުން ހުއްޓާލާ އެތަކެތި ވިއްކައިގެން ލިބުނު އާމްދަނީ ހާމަކުރުމަށެވެ.

އެފްޔޫގެ ލޯގޯ ބޭނުންކޮށްފައި---

ހަމައެއާ އެކު އެ ލޯގޯ އަކީ ހަމައެކަނި އެ ކުންފުނިން ބޭނުންކުރުމަށް އުފައްދާފައިވާ ލޯގޯއެއް ކަމަށާއި އެ ލޯގޯ އެހެން ބަޔަކަށް ބޭނުން ނުކުރެވޭނެ ކަމަށް ވަނީ ބުނެފަ އެވެ.

އެފްޔޫގެ ނަމުގައި ރިހާނާގެ އުފެއްދުންތައް ގެނެސް ނުދެވޭނެ ކަމަށް ވެސް އެ ކުންފުނިން ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.