03 May 2018, 15:52
ވަރުން ދަވަން އަކީ މިހާރު ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު އެއް ބަތަލެވެ. ފިލްމަކަށް ފަހު ފިލްމެއްގެ މަސައްކަތް ކުރަމުން އަންނަ ވަރުން ކުޅެފައިވާ ހުރިހާ ފިލްމުތައް ވަރަށް ކާމިޔާބު ވެސް މެ އެވެ.
ދެހާސްބާރަ ވަނަ އަހަރު ކަރަން ޖޯހަރުގެ "ސްޓޫޑެންޓް އޮފް ދަ އިޔާ" އިން ބޮލީވުޑަށް ތައާރަފްވި ވަރުން މިހާރު ކުރަމުން އަންނަ މަސައްކަތަކީ އަބީޝޭކް ވަރްމާގެ ބޮޑު ކާސްޓު ހިމެނޭ ފިލްމު "ކަލަންކް"ގެ މަސައްކަތެވެ.
ފިލްމުގެ ޝޫޓިން މިހާރު ފަށައިގެން ކުރިއަށް ދާއިރު ވަރުން އަށް ވަނީ ޝޫޓިން ތެރެއިން އަނިޔާ އެއް ލިބިފަ އެވެ. ޝޫޓް ކުރަނިކޮށް އޭނާގެ އަތަށް ވަނީ ކޮންމެ ވެސް ވަރެއްގެ އަނިޔާއެއް ލިބިފަ އެވެ.
ވަރުން އަށް އަނިޔާ ލިބިފައިވާ އަތުގެ ފޮޓޯތަކެއް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު އޭނާ ޝޫޓިންގެ މަސައްކަތެއް ހުއްޓައެއް ނުލަ އެވެ.
ކަލަންކް އަކީ 1940ގެ އަހަރު ތަކުގެ ވާހަކައެއް ކިޔަދޭނެ ފުރިހަމަ ފިލްމެކެވެ.
އަންނަ އަހަރުގެ އޭޕްރިލް މަހުގެ 19 ވަނަ ދުވަހު ރިލީޒްކުރާ އެ ފިލްމުގައި ލެޖެންޑަރީ މާދުރީ ޑިކްސިޓް ވެސް ހިމެނެ އެވެ.