ރޮޑަކްޝަން އާއި ނަޑިއަވާލާ ގްރޭންޑްސަން އެންޓަޓެއިންމަންޓް އިން ގުޅިގެން ގެނެސްދޭ ފިލްމު "ކަލަންކް"ގައި ބޮލީވުޑްގެ ލެޖެންޑަރީ މާދުރީ ޑިކްސިޓް އަދާކުރާނީ ޑާންސް މުދައްރިސްގެ ރޯލެއް ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ބޮޑު ކާސްޓެއް ހިމެނޭ އެ ފިލްމުގެ ޝޫޓިން މިހާރު ފަށާފައިވާއިރު އެ ފިލްމުގައި މާދުރީގެ ހާއްސަ ލަވައެއް ވެސް ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މާދުރީ އަކީ މީގެ އެތަކެއް ދުވަސް ކުރީން ފެށިގެން މިއަދާ ހަމައަށް ވެސް ބޮލީވުޑްގައި ފިޔަ ޖަހަމުން އަންނަ ތަރިއެކެވެ. އޭނާގެ އެކްޓިން އާ މެދު އެއްވެސް މީހަކު ސުވާލެއް ނުކުރާނެއެވެ.

އަބީޝޭކް ވަރްމަން ޑައިރެކްޓްކުރާ އެ ފިލްމަކީ ފޮކްސް ސްޓާ ސްޓޫޑިއޯ އިން ގެނެސްދޭ ފިލްމެކެވެ.

"މިއީ 1940ގެ އަހަރުގެ ވާހަކަތަކެއް ކިޔާދޭނެ ފިލްމެއް. މި ފިލްމަކީ ކަރަން ޖޯހަރު އަދި ޔަޝް ޖޯހަރު މީގެ 15 އަހަރު ކުރިން ޕްލޭންކޮށްފައިވާ ފިލްމެއް،"

އެ ފިލްމުގެ ތަރިންނަނީ ލެޖެންޑް މާދުރީ ދިކްސިޓް، ބަތަލާ ސޮނާކްޝީ ސިންހާ، އާލިއާ ބަޓް، އަތިދްޔާ ރޯއީ ކަޕޫރު ހިމެނެ އެވެ. އަދި މީގެ އިތުރުން ބޮލީވުޑްގެ މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލު ވަރުން ދަވަން އަދި ސަންޖޭ ދަތު ވެސް އެ ފިލްމުން ފެނިގެންދާނެ އެވެ. ކުނާލް ކޭމޫ ވެސް ވަނީ ދާދި ފަހުން ފިލްމުގެ ކާސްޓުންނާ ގުޅިފައެވެ.

"ކަލަންކް" ރިލީޒްކުރާނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ 19ގައެވެ.