03 Sep 2011, 09:04
ރޭ ފަތިހު މާލޭ ގެއެއްގެ ބަދިގޭގައި އަލިފާން ރޯވެ އެއްކޮށް އަނދައި ހުލިވެއްޖެ އެވެ. އަލިފާން ރޯވީ މ. ލަވް ނެސްޓްގެ ބަދިގޭގަ އެވެ.
މާފަންނު ވިލީ ފުލުސް ކުރިމަތީގައި ހުންނަ ގޭގެ ބަދިގޭގައި އަލިފާން ރޯވީ ރޭ ފަތިހު ގާތްގަނޑަކަށް 5:40 ގައެވެ. ތިން ބުރިއަށް އިމާރާތްކޮށްފައި ހުރި އެގޭގައި އަލިފާން ރޯވެފައިވަނީ ތިން ވަނަ ބުރީގެ ބުރީގައި ފިލައިން ޑެކްއަޅައި، ޕާޓިޝަން ޖަހާފައިހުރި ބަދިގޭގަ އެވެ.
އަލިފާނުގެ މި ހާދިސާގައި އެގޭގެ ބަދިގެބައި ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައިވާއިރު އަލިފާން ރޯވި ފަންގިފިލާގައި ހުރި ދެ ކޮޓަރީގެ ހިފާ ގެންގުޅޭ ތަކެއްޗަށް ވެސް ބޮޑެތި ގެއްލުންތައް ލިބި ބައެއް ތަކެތި އަނދައިގެން ގޮސްފަ އެވެ.
ގައުމީ ދިފާއީ ބާރުން ބުނީ ލަވް ނެސްޓްގައި އަލިފާން ރޯވުމުން ފަޔާ އެންޑް ރެސްކިޔޫގެ ފަޔާމަނުން ގޮސް ހަރަކާތްތެރިވެފައިވެ އަލިފާނުގެ އެ ހާދިސާ މިހާރު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.
އަލިފާން ނިއްވައިލުމަށް ސިފައިންނާއި ފުލުހުންގެ އިތުރުން ބައެއް އާންމު ވެސް ހަރަކާތްތެރިވި އަލިފާންގަނޑު ނިއްވައިލެވުނީ މިއަދު އިރު އަރަން އުޅެނިކޮށެވެ.
ލަވް ނެސްޓްގައި ފަތިހު އަލިފާނުގެ ހާދިސާ ހިނގިއިރު ތިން ވަނަ ބުރީގައި އެއްވެސް މީހަކު ނެތެވެ. އެ ބައިގައި އެވަގުތު ތަޅުލާފައި ހުރުމުން އަލިފާން ނިއްވާލުމަށްޓަކައި ސިފައިން ވަނީގެ އޭ ކުރިން ފުލުހުން ވަދެ، ތަޅު ހަލާކުކޮށްލާފައިވާ ދޮރަކުންނެވެ.
ލަވްނެސްޓްގައި އަލިފާން ރޯވި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ހަބަރާ ގުޅޭ ވީޑިއޯ ބެއްލެވުމަށް:
http://www.youtube.com/watch?v=gQMiPWU_P7o