03 May 2018, 11:12
ދިރާގުގެ ހައިސްޕީޑް ފައިބަރ ގެ ޚިދުމަތް އައްޑޫ ސިޓީ އަދި ފުވައްމުލަކުގައި ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.
ދިރާގުން ބުނީ، އިއްޔެ އައްޑޫ ސިޓީ އަދި ފުވައްމުލަކުގައި ތައާރަފް ކުރި ދިރާގު ޓީވީ އަދި ދިރާގު ހައިސްޕީޑް ފައިބަރ ގެ ޚިދުމަތަކީ، ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމް ގެ ދަށުން ހިންގި ހަރަކާތެއްކަމަށެވެ.
އެ ދެ ރަށުގައި އެ ޚިދުމަތްތައް ތައާރަފް ކުރުމަށް ފަހުގައި ޕްރޮމޯޝަނެއް ފަށާފައިވާ ކަމަށް ދިރާގުން ބުންޏެވެ. އެ ޕްރޮމޯޝަނުގެ ދަށުން ފައިބަރ އަދި ދިރާގު ޓީވީ ގެ ހިދުމަތް އެއްވެސް އަގަކާނުލައި ގުޅައި ދިނުމުގެ އިތުރުން ދިރާގު ޓީވީ ބެލުމަށްބޭނުންވާ ޖޯއިބޮސް ހިލޭ ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.
އެ ދެ ޚިދުމަތް ތައާރަފްކުރުމުގެ ގޮތުން އައްޑޫ އަދި ފުވައްމުލަކުގައިވެސް ދިރާގުން ވަނީ ކުލަގަދަ ހަފްލާއެއް ބާއްވާފައިއެވެ. އެގޮތުން އެ ހަފުލާތަކަށްޒިޔާރަތްކުރި ކަސްޓަމަރުންގެ މެދުގައި ވަނީ ލަކީ ޑްރޯއެއް ބާއްވާ, އަގުހުރި އިނާމްތަކެއް ދީފައިވާކަމަށް ދިރާގުން ބުންޏެވެ.
ދިރާގުގެ ފައިބަރ ޓު ދަ ހޯމް މާލެ، ވިލިމާލެ އަދި ހުޅުމާލެ ގެ އިތުރުން 40 އެހެން ރަށަކަށް ފޯރުކޮށްދެމުން އަންނަކަމަށް ދިރާގުން ބުންޏެވެ. އަދި އޭޑީއެސްއެލްގެ ހިދުމަތް ރާއްޖޭގެ އާބާދީ ބޮޑެތި ހުރިހާ ރަށަކުންލިބޭނެ ކަމަށްވެސް ދިރާގުން ބުންޏެވެ.