02 May 2018, 22:09
އެމެރިކާގެ އަސްކަރީ ކާގޯ މަތިންދާބޯޓެއް އެގައުމުގެ ޖޯޖިއާ ސްޓޭޓަށް ވެއްޓި ދެ މީހުން މަރުވެއްޖެއެވެ.
ފަސް މީހުން ގޮވައިގެން ދަތުރުކުރަނިކޮށް ވެއްޓުނީ އެމެރިކާގެ އަސްކަރިއްޔާގައި ބޭނުންކުރާ އޭ ސީ-130 މަތިންދާބޯޓެކެެވެ. ބޯޓު ވެއްޓުނުކަން އެމެރިކާގެ އަސްކަރިއްޔާއިންވެސް ވަނީ ޔަގީންކޮށްދީފައެވެ.
އެ ބޯޓު ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވަނީ އެއާޕޯޓާ ވަރަށް ކައިރި ހައިވޭއަކަށް ވެއްޓިފައެވެ. އެ ހާދިސާއާ ގުޅިގެން ހައިވޭ މިހާރު ވަނީ ބަންދުކޮށްފައެވެ.
Huge smoke plume near@fly_SAV. View from Tanger Outlets in Pooler. Trying to confirm what this is.pic.twitter.com/Httr7QG1nH
— Minh Phan (@WXMinh)May 2, 2018
ބޯޓު ވެއްޓި ވަރަށް ބޮޑަށް ދުން އަދަމުންދާއިރު، އެ ސަރަހައްދުގައި އިމަޖެންސީ ސާވިސާސް އިން ދަނީ ހަރަކާތްތެރިވަމުންނެވެ.