02 May 2018, 17:25
މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން އދ މާމިގިލީގައި ގާއިމްކުރި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރު ރަސްމީކޮށް ހުޅުވައިފިއެވެ.
މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ބަނދަރު ހުޅުއްވައިދެއްވީ އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓަރު މުހައްމަދު ސައީދެވެ.
ބަނދަރު ހުޅުވައިދެއްވުމަސްފަހު މިނިސްޓަރު ސައީދު ވަނީ އެ ބަނދަރުގައި ދިވެހިރާއްޖޭގެ ދިދަ ނަންގަވައިދެއްވައިފައެވެ. ބަނދަރުގައި އެމްޕީއެލްގެ ދިދަ ނަންގަވައިދެއްވީ އެމްޕީއެލްގެ ސީއީއޯ އިބްރާހިމް އަބްދުރައްޒާގު ހަލީމް އެވެ.
މާމިނގިީގައި ކަނޑުގެ ބަނދަރެއް ތަރައްގީކުރުމަށް ސަރުކާރުން ނިންމީ 2017 ވަނަ އަހަރުގެ އޭޕްރީލްގައެވެ. މާމިނގިލީގައިޕޯޓް ތަރައްގީ ކުރަން ހަވާލުކުރީ އެމްޕީއެލް އާއެވެ. އެ ކުންފުނިން މާމިނގިލީ ޕޯޓް ތަރައްގީކުރީ ދެމެހެއްޓެނިވި ގޮތެއްގައި އެތަން ތަރައްގީ ކުރެވޭނެ ގޮތަކަށެވެ.
މާމިގިލީ އިންޓަނޭޝަނަޕް ޕޯޓު ހިންގުމުގެ ހުއްދަ އެއަހަރުގެ މެއި މަހު އެމްޕީއެލްއަށް ލިބުނު ނަމަވެސް ބައެއް ސަބަބުތަކާހުރެ މަސައްކަތަށް ހުރަސްތައް ދިމާވިކަމަށް އެމްޕީއެލް އިން ބުންޏެވެ.
ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ އަބްދުރައްޒާގު ހަލީމް ވިދާޅުވީ މާމިގިލީ ޕޯޓުންވެސް ހާއްސަ އިނާޔަތްތައް ލިބޭނެ ގޮތް ހަމަޖެއްސުމަށް ސަރުކާރާއެކު މަޝްވަރާ ކުރާނެ ކަމަށެވެ.
މާމިގިލީ ޕޯޓު ތަރައްގީކޮށް މަސައްކަތް ކޮށްފައިވަނީ ބްރޭކް ބަލްކްގެ ހިދުމަތާއެކުއެވެ. މީގެ އިތުރުން މި ޕްރޮޖެކްޓެ ތެރެއިން ބޮންޑެޑް ވެއާހައުސް، ކޯލްޑް ސްޓޯރޭޖް، ބޯޓް ޔާޑް އަދި މަސްވެރިންނަށް އައިސް ވިއްކޭނެފަދަ ވަސީލަތްތައް ކުރިއަށް އޮތްތަނުގައި ގާއިމް ކުރަން އެމްޕީއެލް އިން ވަނީ ނިންމައިފައެވެ.
"އަޅުގަނޑުމެން މި ޕޯޓުގެ ހިދުމަތް ފަށާއިރު ނިންމާފައި މިވަނީ ކޮންޓެއިނާގައި އުފުލާ ކާގޯ ނޫން އެހެން ވައްތަރުގެ މުދާ ބްރޭކެބަލް ގެ ހިދުމަތުން މި ޕޯޓުގެ ހިދުމަތްތައް ފަށަން. އަދި ކުރިއަށް އޮތްތަނުގައި ކޮންޓެއިނާ މުދަލާ އެހެން ކާގޯގެ ބާވަތްތައް މި ޕޯޓަށް ގެންނާނަން،" ހަލީމް ވިދާޅުވިއެވެ.
ޕޯޓާއެކު މާމިގިލީގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެފައިވާއިރު ކުރިއަށް އޮތްތަނުގައި ޔޮޓްމެރީނާ އާއި ގެސްޓްހައުސްތައް މި ޕްރޮޖެކްޓްގެ ދަށުން ތަރައްގީ ކުރާނެއެވެ. މިއާއެކު އެރަށުގައި ވަޒީފާގެ އިތުރު ފުރުސަތުތައް ހުޅުވިގެންދާނެއެވެ.