Last Updated:
8 year 7 month ago

އޭއެފްސީ ކަޕް (ފުލްޓައިމް): ނިއު 5–1 އަބަހާނީ

    ބުލޮގު ޚުލާސާ

    އޭއެފްސީ ކަޕްގައި ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ބަނގުލަދޭޝްގެ ދާކާ އަބަހާނީ ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ!

    މިއަދު ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ އެ މެޗަށް ދެ ޓީމު ނުކުންނައިރު:

    • ނިއު އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި. އިންޑިއާގެ ބެންގަލޫރަށް ވެސް ނުވަ ޕޮއިންޓް ލިބިފައިވާ އިރު، ނިއު ކުރީގައި އޮތީ ހެޑް ޓު ހެޑް ނަތީޖާއިން ގޯލެއްގެ ތަފާތުން.

    • އަބަހާނީ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައި. އެޓީމު އެއް މެޗުން މޮޅުވެ، ދެ މެޗުން ބަލިވެ، އެއް މެޗުން ވަނީ އެއްވަރުވެފައި.
    • ނިއުއިން ވަނީ އަބަހާނީއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗު ކާމިޔާބުކޮށްފައި. އެ މެޗުން ނިއު މޮޅުވީ 1-0ގެ ނަތީޖާއަކުން.
    • ނިއުއިން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރުމަށް މިއަދުގެ މެޗާއި މިމަހުގެ 16 ވަނަ ދުވަހު އިންޑިއާގެ އައިޒޯލްއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗުން މޮޅުވުން މުހިންމު.
    17:51

    މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 5-1ގެ ނަތީޖާއަކުން ނިއު ކުރީގައި އޮވެގެން.

    17:48

    ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ތިން މިނެޓްގެ ކުޅުން ދައްކައިފި.

    17:46

    ނިއުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ހަތަރުވަނަ ލަނޑުވެސް ކާމިޔާބުކޮށްދިން ދަގަނޑޭ. އޭނާ ވަނީ ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެ، ވަރަށް ރީތިކޮށް ކީޕަރުގެ ބޯ މަތިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައި.

    17:45

    '87- ނިއުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްފި.

    އޭއެފްސީ ކަޕްގައި ނިއުއާއި އަބަހާނީ ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

    17:43

    '85- އަބަހާނީގެ ޕެނަލްޓީ އޭރިއާ ބޭރުން ދަގަނޑޭ ފޮނުވާލި ހަމަލާ، ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

    17:34

    '76- ނިއުއިން ބަދަލެއް. ސެންޓޭގެ ބަދަލުގައި ކުޅެން ނުކުތީ އިބްރާހިމް އަތީގް ހަސަން.

    17:24

    '65- ދަގަނޑޭ ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ އަބަހާނީ ގޯލުގެ އަރިމަތީ ދަނޑިއަށް.

    17:23

    '64- އަބަހާނީގެ ޕެނަލްޓީ އޭރިއާ ބޭރުން ސެންޓޭއަށް އެލިސަން ކުރި ފައުލަކާ ގުޅިގެން ނިއުއަށް ހިލޭ ޖެހުމެއް. އެ ފައުލާ ގުޅިގެން އެލިސަންއަށް ވަނީ ރީނދޫ ކާޑެއް ދައްކާފައި.

    17:21

    '63- ނިއުގެ ޕެނަލްޓީ އޭރިއާ ތެރެއިން ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު، އެމެކާ ގޯލަށް ނުރައްކާ ކުރުމުގެ ކުރިން ކީޕަރު އިމްރާން އެ ބޯޅަ ހޯދައިފި.

    17:16

    އަބަހާނީގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ނިއުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ). އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށް.
    އޭއެފްސީ ކަޕްގައި ނިއުއާއި އަބަހާނީ ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
    17:16

    '57- ނިއުއިން ތިން ލަނޑުގެ ލީޑެއް ހޯދައިފި.

    17:14

    ދަގަނޑޭ ދިން ބޯޅައަކުން ނިއުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސެންޓޭ. އެ ލަނޑާއެކު އޭނާގެ ހެޓްރިކް ވެސް ވަނީ ފުރިހަމަވެފައި. އޭނާ އެ ލަނޑު ކާމިޔާބުކުރީ ވަރަށް ހުސްކޮށް ހުރެ، އަބަހާނީގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން.

    އޭއެފްސީ ކަޕްގައި ނިއުއާއި އަބަހާނީ ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

    17:14

    '56- ނިއުއިން އިތުރު ލަނޑެއް ކާމިޔާބުކޮށް، ލީޑު ފުޅާކޮށްފި.

    17:10

    ބޯޅަ ހިފައިގެން އަބަހާނީގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ފޮނުވާލި ހަމަލާއަކުން ނިއުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ސެންޓޭ.

    17:09

    '51- ނިއުއިން އަލުން ލީޑު ހޯދައިފި.

    އޭއެފްސީ ކަޕްގައި ނިއުއާއި އަބަހާނީ ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

    17:05

    ނިއުގެ ޕެނަލްޓީ އޭރިއާގެ އަރިމަތިން ފޮނުވާލި ބާރު ހަމަލާއަކުން އަބަހާނީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޖަޕާނު ފޯވަޑް ސެއިޔާ. އެ ބޯޅަ ގޯލުގެ ތެރެއަށް ވަދެފައިވަނީ ކީޕަރު އިމްރާނުގެ އަތުގައި ޖެހިފައި. އެ ހަމަލާއަށް ކީޕަރު އިމްރާނަށް ހުރެވުނީ އެންމެ ރަނގަޅަށް ތައްޔާރުނުވެވި.

    17:04

    '46- އަބަހާނީން ނަތީޖާ ހަމަހަމަކޮށްފި.

    17:03

    މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.

    16:48

    މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ނިއު ކުރީގައި އޮވެގެން.

    16:46

    ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެ މިނެޓްގެ ކުޅުން ދައްކައިފި.

    16:42

    '41- އަބަހާނީއަށް ހުސް ފުރުސަތެއް.އަކޫ އަތުން ބޯޅަ ހޯދުމަށްފަހު، ސާދް ނަގައިދިން ހުރަހަކުން ނިއުގެ ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ޖަޕާނު ފޯވަޑް ސެއިޔާ ފޮނުވާލި ހަމަލާ، ކީޕަރު އިމްރާން ވަނީ ދިފާއުކޮށްފައި.

    16:33

    '32- ނިއުއަށް އިތުރު ފުރުސަތެއް.ހަމްޕު ދިން ބޯޅައަކުން އަބަހާނީގެ ޕެނަލްޓީ އޭރިއާ ތެރެއިން ދަގަނޑޭ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

    16:31
    އޭއެފްސީ ކަޕްގައި ނިއުއާއި އަބަހާނީ ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
    16:30

    '29- ނިއުއަށް ފުރުސަތެއް.އަބަހާނީގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށްފަހު، ޕެނަލްޓީ އޭރިއާ ތެރެއިން ދަގަނޑޭ ފޮނުވާލި ހަމަލާ، ގޯލާ އަމާޒުވެފައެއް ނުވޭ.

    16:29
    އޭއެފްސީ ކަޕްގައި ނިއުއާއި އަބަހާނީ ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
    އޭއެފްސީ ކަޕްގައި ނިއުއާއި އަބަހާނީ ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
    16:26

    '26- އަބަހާނީގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ދަގަނޑޭ ފޮނުވާލި ހަމަލާ، އަބަހާނީގެ ޑިފެންޑަރެއް ދިފާއުކޮށްފި.

    16:24

    '23- ނިއުގެ ޕެނަލްޓީ އޭރިއާ ތެރެއިން ގޯލަށް ސަންޑޭ ނުރައްކާކުރުމުގެ ކުރިން، އަމީރީ އެ ބޯޅަ ދިފާއުކޮށްފި.

    16:19

    '18- ޕެނަލްޓީ ކާމިޔާބުކޮށް ނިއުއަށް ލީޑު ހޯދައިދިނީ ސެންޓޭ.

    އޭއެފްސީ ކަޕްގައި ނިއުއާއި އަބަހާނީ ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

    16:17

    '16- އަބަހާނީގެ ޕެނަލްޓީ އޭރިއާ ތެރެއިން ދަގަނޑޭއަށް އެލިސަން ކުރި ފައުލަކާ ގުޅިގެން ނިއުއަށް ޕެނަލްޓީއެއް.

    16:15

    '14- ނިއުއަށް ފުރުސަތެއް.ދަގަނޑޭ ދިން ބޯޅައަކުން އަބަހާނީގެ ޕެނަލްޓީ އޭރިއާ ތެރެއިން ސެންޓޭ ފޮނުވާލި ހަމަލާ، އަބަހާނީގެ ޑިފެންޑަރުން ވަނީ ދިފާއުކޮށްފައި.

    16:12

    '11- އަބަހާނީއަށް އިތުރު ފުރުސަތެއް.އެމެކާ ނަގައިދިން ހުރަހަކުން ނިއުގެ ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ އެމޮން ބޮލުން ފޮނުވާލި ހަމަލާ، ގޯލާ އަމާޒުވެފައެއް ނުވޭ.

    އޭއެފްސީ ކަޕްގައި ނިއުއާއި އަބަހާނީ ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

    16:07

    '5- އަބަހާނީއަށް ހުސް ފުރުސަތެއް.ޗިބޮން ނަގައިދިން ހުރަސް، ނިއުގެ ޕެނަލްޓީ އޭރިއާ ތެރޭގައި ހުސްކޮށް ހުރި އެމެކާގެ ފައިގައި ލައްވާލާފައެއް ނުވޭ.

    16:04

    '3- އަބަހާނީގެ ޕެނަލްޓީ އޭރިއާ ތެރެއިން އަރިމައްޗަކުން އަމީރީ ވަދެ ނަގައިދިން ހުރަސް، ނިއުގެ ކުޅުންތެރިޔަކަށް ލިބޭގޮތެއް ނުވި.

    އޭއެފްސީ ކަޕްގައި ނިއުއާއި އަބަހާނީ ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

    16:01

    މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ނިއުއިން.

    16:00

    އަބަހާނީގެ ފުރަތަމަ 11:

    • އެމްޑީ ސާހިދުލް އަލަމް (ސޮހެލް) - ގޯލްކީޕަރު / ކެޕްޓަން

    • އެމްޑީ ވަލީ ފައިސަލް (ވަލީ)
    • އެމްޑީ ރޭހާން ހަސަން (ރޭހާން)
    • އެމްޑީ އެމޮން މަހްމޫދު (އެމޮން)
    • އެމެކާ އޮނުއޮހާ (އެމެކާ)
    • މުހައްމަދު އާތިގުރް ރަހްމާން (ފަހާދް)
    • ސާދް އުދިން (ސާދް)
    • ސަންޑޭ ޗިޒޯބާ އެންވާޑިއާލޫ (ސަންޑޭ)
    • މުހައްމަދު ނަބީބް ޒިބާން (ޖިބޮން)
    • ކޮޖީމާ ސެއިޔާ (ސެއިޔާ)
    • އެންޑުކަކޫ އުޑޯކާ އެލިސަން (އެލިސަން)
    15:57

    ނިއުގެ ފުރަތަމަ 11:

    • އިމްރާން މުހައްމަދު - ގޯލްކީޕަރު

    • ޖޯޖް ގޮޓޯ ބްލާސް
    • ހާރޫން އަމީރީ
    • ހަމްޒާ މުހައްމަދު (ހަމްޕު)
    • ކަންޑޭލާ
    • އަލީ އަޝްފާގު (ދަގަނޑޭ) - ކެޕްޓަން
    • ރިލްވާން ވަހީދު (ރިލޭ)
    • އަލީ ފާސިރު (ސެންޓޭ)
    • އަކްރަމް އަބްދުލްޤަނީ (އަކޫ)
    • ރިހާމް އަބްދުލްޤަނީ (ބޮބީ)
    • މުހައްމަދު އުމައިރު