02 May 2018, 14:37
ލ. ގަމު ތުނޑީ އަވަށުގައި ހުންނަ މާހިންނަ އިންޖީނުގެ ދޮރު މަތީގައި އޮތް ތެޔޮ ބައުޒަރެއްގައި ރޯވެ އަދަމުން އެބަ ދެއެވެ.
ގަމު ކައުންސިލުގެ ރައީސް މުހައްމަދު ސިޔާމް މިއަދު ވިދާޅުވީ، މިއަދު ގާތްގަނޑަކަށް 1:30 އެހައި ކަންހާއިރު ހިނގި އަލިފާނުގެ ހާދިސާގައި ރޯވެ އަދަމުންދަނީ ފެނަކައިން ތުނޑީ އަވަށުގައި ހިންގާ އިންޖީނުގެ ކައިރީގައި އޮތް އެ ކުންފުނީގެ ތެޔޮ ބައުޒަރެއްގައި ކަމަށެވެ.
އަދި އެ ތެޔޮ ބައުޒަރުގައި އަލިފާން ރޯވިއިރު، އޭގައި ފުރާ ތެޔޮ ހުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.
ސިޔާމް ވިދާޅުވީ، އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި ނޭނގޭ ކަމަށާއި ނަމަވެސް އަލިފާންގަނޑު ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރުން މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.