02 May 2018, 14:40
ވޮޝިންޓަން (މޭ 2): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިއްހީ ހާލަތު ވަރަށް ރަނގަޅު ކަމަށް ބުނެ، ޓްރަމްޕްގެ ކުރީގެ ޑޮކްޓަރު ލިޔުއްވި ސިޓީ އަކީ ޓްރަމްޕު ވިދާޅުވި ގޮތަށް ލިޔެފައިވާ ސިޓީއެއް ކަމަށް އެޑޮކްޓަރު ވިދާޅުވެއްޖެ އެވެ.
ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި ޑރ. ހެރޮލްޑް ބޯންސްޓީން ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބާ ދިމާކޮށް އާއްމު ކުރި "އެ މުޅި ސިޓީއަކި ޓްރަމްޕް ކިޔާ ދެއްވި ގޮތަށް" ލިޔެފައިވާ ސިޓީއެކެވެ. އަދި އެއީ ބޯންސްޓީންގެ ޓެސްޓުތަކަށް ބިނާކޮށް ލިޔެފައިވާ ޓެސްޓެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޓްރަމްޕްގެ ކުރީގެ ޑޮކްޓަރ ޑރ. ހެރޮލްޑް ބޯންސްޓީން -- ފޮޓޯ: ސްޓެޓް
އެސިޓީގައިވާ ގޮތުން ޓްރަމްޕްގެ ޖިސްމާނީ ހާލަތާއި ބުންވަރު އާދަޔާ ހިލާފަށް ރަނގަޅެވެ. އަދި އޭނާގެ ލޭގެ ޕްރެޝަރާއި ލެބް ޓެސްޓުތައްވެސް ވަރަށް ރަނގަޅު ކަމަށާއި، އެއް އަހަރު ތެރޭ ހަތް ކިލޯ ލުއިވެފައިވާ ކަމަށް ލިޔެފައިވެ އެވެ.
ބޯންސްޓީން އެފަދައިން ވިދާޅުވުމާ ގުޅިގެން ވައިޓް ހައުސްއިން އަދި ވަކި އެއްޗެކޭ ބުނެފައި ނުވެ އެވެ. (ބީބީސީ)