އެމެރިކާ އިން އިސްރާއިލުގެ ވެރިރަށުގެ ގޮތުގައި ގުދުސް ބަލައިގަނެ އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރުމަށް ނިންމި ނަމަވެސް، ޖަޕާނުން އެ ގައުމުގެ އެމްބަސީ ގުދުސަށް ބަދަލުނުކުރާނެ ކަަމަށް ޖަޕާނުގެ ބޮޑުވަޒީރު ޝިންޒީ އަބޭ ވިދާޅުވެއްޖެ އެވެ.

ޝިންޒީ އިއްޔެ ފަލަސްތީނުގެ ބޮޑުވަޒީރު މަހުމޫދު އައްބާސްއާ ބައްދަލުކުރައްވައި ވަނީ ހުޅަނގު އައްސޭރި އަދި ޣައްޒާގައި ފަލަސްތީނުން ބިނާކުރަން އުޅޭ ދައުލަތަށް ޖަޕާނުގެ ފުރިހަމަ ތާއިދު އޮތްކަން ވެސް ބުނެފަ އެވެ.

ޝިންޒީ މެދުއިރުމައްޗަށް ކުރައްވާ ދަތުރުފުޅުގައި އިސްރާއިލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ މިއަދު ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒީ އަބޭ ފަލަސްތީނަށް އިއްޔެ ކުރެއްވި ޒިޔާރަތުގެ ތެރެއިން-- ފޮޓޯ: އޭއެފްޕީ

ގުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް އެމެރިކާ އިން ބަލައިގަތީ މިދިޔަ އަހަރު ޑިސެމްބަރު މަހު އެވެ. ޓްރަމްޕް ވިދާޅުވީ އެ ނިންމުމަކީ އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްހަ ގެނެވޭނެ އެންމެ ރަނގަޅުގޮތެވެ.

ނަމަވެސް ޓްރަމްޕްގެ އެނިންމެވުމާ ގުޅިގެން ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވަނީ އެ މައްސަލާގައި ސުލްޙަ ގާއިމުކުރުމަށް ކުރާ މަސައްކަތުގައި އެމެރިކާގެ އެއްވެސް "ހައިސިއްޔަތެއް ދެން ނޯންނާނެ" ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާގެ އިތުރުން ގުދުސް އަށް އެމްބަސީ ބަދަލުކުރަން ނިންމާފައިވާ ގައުމުތަކުގެ ތަރޭގައި ޕެރެގުއޭ އަދި ގުއަޓަމާލާ ހިމެނެ އެވެ.

މަސްދަރު: ޕްރެސްޓީވީ