02 May 2018, 12:30
ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް ބޭނުންކުރާ މީހުންގެ ހިޔާލާ އެއްގޮތަށް އެ އެޕްލިކޭޝަންތައް ޑިވެލޮޕްކުރުމަކީ ޑިވެލޮޕަރުންގެ މަސައްކަތެވެ. އެގޮތުން އެންމެ މަގުބޫލު އެޕްތަކަށް އަވަސް އަވަހަށް ބަދަލުތައް ގެނެ އެވެ.
މަގުބޫލު ފޮޓޯ ޝެއަރިން އެޕްލިކޭޝަން އިންސްޓަގްރާމަށް އަވަސް އަވަހަށް އަޕްޑޭޓުތައް ގެނެ އެވެ. މިފަހަރު ގެންނަން އުޅޭ ބަދަލަކީ ވީޑިއޯ ކޯލް ކުރެވޭ ފީޗާ އެއް އިންސްޓަގްރާމުގައި ހިމެނުމެވެ. މި ފީޗާ މިހާރު ޓެސްޓު ކުރަމުންދާއިރު ވަރަށް އަވަހަށް ޔޫޒަރުންނަށް ދޫކޮށްލާނެ އެވެ.
މި ފީޗާ އާއެކު ވީޑިއޯ ކޯލު ކުރުމަށް ޑީއެމް އޮޕްޝަންގެ މަތީގައި ކެމެރާ އޮޕްޝަން އެއް އިންނާނެ އެވެ. އަދި ކޯލް ކުރަން ބޭނުންވާ މީހުންގެ ޑީއެމް އަށް ކްލިކް ކޮށްލުމުން ކޯލު ކުރެވޭނެ އެވެ.
ވީޑިއޯ ޗެޓުގެ ހިދުމަތް ވެސް ދެން އިންސްޓަގްރާމުން ލިބޭނެ އެވެ. ޑީއެމް އޮޕްޝަން އާ އެކު މިހާރު ޕްލަސް ސައިން އެއް ފެންނާނެ އެވެ. އެތަނަށް ކްލިކް ކުރުމުން އިތުުރު ދެމީހަކާ އެކު ގްރޫޕު ޗެޓު ފަށަން ބޭނުންވާ މީހުންގެ ނަންތަކަށް ކްލިކް ކުރާށެވެ.
މި ފީޗާސްތަކާ އެކު އިންސްޓަގްރާމު ވެސް މިހާރު މިސްރާބު ޖަހާފައި މިވަނީ ފުލް މެސެޖިން އެޕްލިކެޝަން އަކާ ދިމާލަށް ކަމަށް ގިނަ ފަރާތްތަކުން ބުނެ އެވެ.