02 May 2018, 10:04
އަހާން ޕާންޑޭ ބޮލީވުޑަށް ނުކުންނަށް އުޅޭ ކަމުގެ އިޝާރާތެއް އޭނާގެ ބޭބެ ޗަންކީ ޕާންޑޭ ކޮށްފި އެވެ.
ޗަންކީ އަށް ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުން އޭނާ ބުނީ ކޮއްކޮ އަކީ އަބަދު ވެސް ބުރަ މަސައްކަތް ކުރާ ކުއްޖެއް ކަމަށާއި ފަހަރުގައި އޭނާ ބޮލީވުޑަށް ތައާރަފްވެދާނެ ކަމަށެވެ.
އަދި ބޮލީވުޑަށް ކޮއްކޮ ތައާރަފްވާ ނަމަ އަވަސް މުސްތަގްބަލެއްގައި އެކަން މީޑިއާ އާ ހިއްސާ ކުރާނެ ކަމަށެވެ. "އޭނާ އަކީ ބުރަ މަސައްކަތް ކުރާ ކުއްޖެއް. އޭނާ ވަރަށް އަވަހަށް ވަރަށް ހާއްސަ ކަމެއް އިއުލާން ވެސް ކުރާނެ،" އޭނާ ބުންޏެވެ.
ޗަންކީގެ އަންހެން ދަރިފުޅު އަނަންޔާ މި އަހަރު ނުކުންނަ ފިލްމު "ސްޓޫޑެންޓް އޮފް ދަ އިޔާ 2" އިން ބޮލީވުޑަށް ތައާރަފްވާނެ އެވެ.