ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޔޫތު ސިޓީ ފުޓްސަލް ކަޕްގެ ފިރިހެން ޑިވިޝަންގެ ދެވަނަ ބުރުގެ ކުޅުން މިއަދު ފަށާނެ އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ކުރިއަށްގެންދާ އެ މުބާރާތުގެ ފިރިހެން ޑިވިޝަންގައި ވާދަކުރި 120 ޓީމުގެ ތެރެއިން ދެވަނަ ބުރަށް ދަތުރުކުރީ ފުރަތަމަ ބުރުގެ މެޗުތައް ކާމިޔާބުކުރި 60 ޓީމެވެ.

ފުރަތަމަ ބުރުގެ ފަހު މެޗުތައް ކުރިއަށްދިޔައީ އިއްޔެ ހަވީރެވެ. އިއްޔެ ހަވީރު އައިލެންޑް ބޯއީޒް ބެކް އަތުން 6-7ގެ ނަތީޖާއަކުން މޮޅުވެ އެންއެސް ރޯމާ އިން ދެވަނަ ބުރުގެ ޖާގައެއް ހޯދި އިރު، އެލް ގަންޗޯ އެފްސީން ދެވަނަ ބުރުގެ ޖާގައެއް ހޯދީ 2-0ގެ ނަތީޖާއަކުން ޑެ ލީގާ އެފްސީ ބަލިކޮށްގެންނެވެ. އަދި އިއްޔެ ހަވީރު ކުޅުނު ފަހު މެޗުގައި ޓީމް ބޯޓްޔާޑް އަތުން 7-3ގެ ނަތީޖާއަކުން މޮޅުވެ ޔޫތު ރިވޮލޫޝަން ކްލަބު (ވައިއާރްސީ) އިން ވެސް ވަނީ ދެވަނަ ބުރުގެ ޖާގައެއް ހޯދައިފަ އެވެ.

ދެވަނަ ބުރަށް ދަތުރުކުރި ޓީމުތައް:

ޑެސްޕަރާޑޯ އެފްސީ، ޓީމް އެޗްއެފްސީ، އެފްސީ ވަކަރުގެ، އެސްއީއެސް އެފްސީ، ޕްރޯ ފްރެންޑްސް، މައްޗަންގޮޅި ޒުވާނުންގެ ގުޅުން (އެމްޒެޑްޖީ)، މެޓާކާ، ވިންޑްލޭންޑް، ނިއު ލައިފް، އެފްސީ ދާއެޅުން، ބަލިވީ ކެޓީ، ސްޕޯޓިން އެކްސިއޯން، އެލްއެފް، މަޒީނޯ އެފްސީ، ސިކްސް ސިގްމާ، ރޮކް ސްޓްރީޓްސް ކްލަބު، ނެމެސިސް، ޓީމް ރުކް ރުކް ރުކް، ހަލަބޮލި ފުޓްސަލް ޓީމް، އެންއެފްޓީ، ފްލެޓް 7، ފްލެޓް ވީއެންޑީޕީ، ހިތާދޫ ފުޓްސަލް ޓީމް، ކްލަބު ސިވިކް، ޓިނު އެފްސީ، އެފްސީ ހަނދު، ކްލަބު ގްރީން ސްޓްރީޓްސް، ޓީމް ބީވައިއެސްސީ، ކްލަބު އޭކްސް، ޓީމް އިނގުރައިދޫ، އެފްސީ ރުމާލު އެކްސް، ތިމަރަފުށި ފްރެންޑްލީ ޕްލޭޔާސް އެސްސީ، ކޮބާ ކީން، ނޮއޭނާ، ފިނޯމިނަލްސް، ހަނިމާދޫ ފުޓްސަލް ޓީމް (އެޗްއެފްޓީ)، އެފްސީ ދަންނަ ނުދަންނަ، ފޯ ވިންގްސް އެފްސީ، ދަނޑު ގޯޅި އެސްސީ، އިންވިކްޓާ ސްޕޯޓްސް ކްލަބު، އެފްސީ އިންތަ އިންތަ، ޓީމް ކޮޅުފުށި، ކްލެސިކޯ، ވައިޕާސް، ލުއްޗާސް، އައި ވޭވް، އެފްސީ ބެންޑިތުސް، ލ. ގަން ފުޓްސަލް ކްލަބު، ޕަންކް ހޫލިގަންސް، އެލް ވިއޯލާ، ޑީ ސީ ޖޭ، ކޮލެޖް ފްރެންޑްސް، ޕާކް، ޕަންކްސް ނެކްސްޓް ލެވެލް، ޓީމް ޕީޗާސް، ބަޖިޔާ، ތިމަރަފުށި ޔޫތު ޕްލޭޔާސް، އެންއެސް ރޯމާ، އެލް ގާންޗޯ އެފްސީ، ޔޫތު ރިވޮލޫޝަން ކްލަބު (ވައިއާރްސީ).

ފިރިހެން ޑިވިޝަންގެ ދެވަނަ ބުރުގައި މިއަދު ކުޅޭ މެޗުތައް:

20:00 ޑެސްޕަރާޑޯ އެފްސީ - ޓީމް އެޗްއެފްސީ (ގްރައުންޑް 1)

20:00 އެފްސީ ވަކަރުގެ – އެސްއީއެސް އެފްސީ (ގްރައުންޑް 2)

21:00 ޕްރޯ ފްރެންޑްސް – މައްޗަންގޮޅި ޒުވާނުންގެ ގުޅުން (ގްރައުންޑް 1)

21:00 މެޓާކާ – ވިންޑްލޭންޑް (ގްރައުންޑް 2)

22:00 ނިއު ލައިފް – އެފްސީ ދާއެޅުން (ގްރައުންޑް 1)

22:00 ބަލިވީ ކެޓީ – ސްޕޯޓިން އެކްސިއޯން (ގްރައުންޑް 2)

ޖުމްލަ 136 ޓީމާ އެކު މުބާރާތް ކުރިއަށްދާ އިރު، ފިރިހެން 120 ޓީމު، އަންހެން 16 ޓީމު މުބާރާތުގައި ވާދަކުރާނެ އެވެ. މުބާރާތުގެ ފިރިހެން ޑިވިޝަން މެޗުތައް ދާނީ ނޮކްއައުޓް އުސޫލުންނެވެ. އަދި އަންހެން ޑިވިޝަން ކުރިއަށް ދާނީ ހަތަރު ގްރޫޕަކަށް ބަހާލައިގެން، ގްރޫޕް ސްޓޭޖް މެޗުތައް ނިމުމުން އެންމެ ކުރީގައި އޮންނަ ދެ ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.

މިއަހަރުގެ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަންގައި ވެސް ފައިސާގެ އިނާމުތައް އެއްވަރެވެ. މިއަހަރު ޗެމްޕިއަން ޓީމަށް 100,000 ރުފިޔާ، ރަނަރަޕް ޓީމަށް 50,000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 25,000 ރުފިޔާ ހުށަހަޅާފައިވެ އެވެ. ފިރިހެން އަދި އަންހެން ޑިވިޝަންގައި އެ އަދަދު ހުށަހެޅުމުން، މި އަހަރު ފައިސާގެ އިނާމެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 350,000 ރުފިޔާ އެވެ.