ފްލައިޓަށް އަރަން ލަސްވާ ފަސިންޖަރުން ހޯދަން ފޭޝަލް ރިކޮގްނިޝަން ބޭނުންކުރަަންް ސިންގަޕޫރުގެ ޗަންގީ އެއާޕޯޓުން ނިންމައިފި އެވެ.

ޖައްސަޖައްސައިގެން ހަ ފަހަރު ދުނިޔޭގެ އެންމެ އެންމެ ފެންވަރު ރަނގަޅު އެއާޕޯޓުގެ މަގާމު ހޯދައިފައިވާ ޗަންގީ އެއާޕޯޓުން ދަނީ އެއާޕޯޓުގެ ހިދުމަތް ރަނގަޅުކުރުމުގެ ގޮތުން އެންމެ ޒަމާނީ ޓެކްނޮލަޖީ ބޭނުންކުރަމުންނެވެެ.

ޗަންގީ އެއާޕޯޓު ގްރޫޕްގެ ޗީފް އިންފޮމޭޝަން އޮފިސަރު ސްޓީވް ރޮއިޓާސް އަށް ވިދާޅުވީ އާ ފޭޝަލް ރިކޮގްނިޝަން ޓެކްނޮލަޖީ ބޭނުންކުރަން ފެށުމުން ވަރަށް ބޮޑެތި ފަސޭހަތަކެއް ވެގެން ދާނެ ކަމަށެވެ.

"އެއާޕޯޓުގައި އެތައް ބަޔަކު އުޅޭ އެކިތަންތަނުގައި މަގު އޮޅިގެން އުޅޭ ފަސެންޖަރުން. ޓެކްނޮލަޖީ ބޭނުންކޮށްގެން ބަލާލެވޭނެ ފްލައިޓަށް އޭރު އަރައިފައި ތިބި މީހުން" ސްޓީވް ވިދާޅުވި އެވެ.

ސިންގަޕޫރުގެ ޗަންގީ އެއާޕޯޓް. ސިންގަޕޫރުގެ ސަގާފަތާއި އަދި އެގައުމުގެ އާކިޓެކްޗާއަށް އައި ބަދަލުތައް ވަރަށް ރީއްޗަށް ލެޑް ލައިޓް ޑިސްޕްލޭތަކުން ފެންނަން ހުރޭ--

ސިންގަޕޫރުގެ ޗަންގީ އެއާޕޯޓަކީ މުޅި ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ އެއާޕޯޓެކެވެ. އެ އެއާޕޯޓުގެ އަލަށް ހުޅުވި ޓާމިނަލްއާ އެކު އެއާޕޯޓަށް ވަނީ އިތުރު ފުރިހަމަކަމެއް ގެނެސްދީފަ އެވެ.

އެއާޕޯޓުތަކަށް ގޮސް ޗެކިން ކުރުމަކީ ވަރަށް ގިނަ ވަގުތު ނަގާ ކަމެކެވެ. އަދި ޗެކިން ވުމަށް ވަކި ހާއްސަ ކައުންޓަރުތަކަށް ގޮސް ކިއު ހެދުން ޗަންގީ އެއާޕޯޓުގައި ގާއިމް ކުރި ހާއްސަ އޮޓޮމޭޓެޑް ޓެކްނޮލަޖީއާ އެކު ވަނީ ނިމުމަކަށް ގެނެސްފަ އެވެ.

ޗެކިން ވެގެން އެއާޕޯޓުގެ ގޭޓްއަށް ދާއިރު ވެސް އެ އެއާޕޯޓުގައި ހުންނާނީ މުޅިންހެން އޮޓަމޭޓެޑް ސިސްޓަމެކެވެ. ފިންގާ ޕްރިންޓް ސްކޭންކޮށްލުމާ އެކު ގޭޓް އަށް ވަދެވުނީ އެވެ.