ނިއު ޒީލެންޑްގެ ރައްޔިތުންނަށް ހެޔޮ އަގެއްގައި ބޯ ހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން، ބިދޭސީންނަށް ގެތައް ވިއްކުން މަނާކުރުމުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ވަރަށް ބޮޑަށް ރުޅިގަދަވެއްޖެ އެވެ.

އައިއެމްއެފް އިން ނެރުނު އަހަރީ ރިޕޯޓުގައި ބުނި ގޮތުގައި، ނިއުޒީލެންޑުގެ ރިއަލް އެސްޓޭޓް ވިޔަފާރީގެ މާކެޓްގައި ބިދޭސީންގެ މާބޮޑު ހިއްސާއެއް ނެތެވެ.

ނިއުޒީލެންޑަށް އެންމެ ފަހުން ދިމާވި ވަރުގަދަ މާލީ ހިީނަރުކަމަށް ފަހު ގެތަކުގެ އަގު ވަނީ 60 ޕަސެންޓް ބޮޑުވެފަ އެވެ. އަގުތައް އެހާ ބޮޑުވުމުގައި ތަފާތު ސަބަބުތައް ހިމެނެ އެވެ. އޭގެ ތެރޭގައި ސަޕްލައި މާ މަދުވުމާއި އަދި ބިދޭސީން ހާއްސަކޮށް ޗައިނާގެ މީހުން މާގިނައިން ގެތައް ގަންނަން ފެށުމުން އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.

ނިއުޒީލެންޑުން މިދިޔަ އަހަރު ފާސްކުރި އޯވަސީސް އިންވެސްޓްމަންޓް އެކްޓްގެ ދަށުން އެގައުމުގެ ސަރުކާރުން ވަނީ ބިދޭސީން ގައުމަށް އެތެރެވުން ކޮންޓްރޯލް ކޮށް ގައުމުގެ އެކި ސަރަހައްދުތައް ތަރައްގީކޮށް ވަޒީފާތައް އިތުރުކުުރުމަށް ނިންމައިފަ އެވެ. އާ ގާނޫނުގެ ދަށުން ފޮރިން އިންވެސްޓަރުންނަށް އިމާރާތްތައް ހެދުމަށް އިންވެސްޓުކުރި ނަމަވެސް، އިމާރާތްތައް ނިމުމުން އެތަންތަން ވިއްކާލަން ޖެހެ އެވެ.

އައިއެމްއެފުން ބުނީ ނިއުޒީލެންޑްގެ ނިންމުމުގެ ސަބަބުން ފޮރިން އިންވެސްޓަރުންނަށް އެގައުމުގައި އިންވެސްޓްކުރުމަށް ވަރަށް ބޮޑަށް ދަތިވާނެ ކަމަށާއި އަދި އެ ކަމާ މެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.

މަސްދަރު : އާރުޓީ