ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ހިންދީ ޑްރާމާ ސިލްސިލާ "ޔޭ ހޭ މޮހޮއްބަތައިން" އިން ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ ކަރަން ޕަޓޭލް ބައްޕައަކަށް ވާން އުޅޭ ކަމަށް މީޑިއާ ރިޕޯޓުތަކުގައި ދެކެވެމުންދާ ވާހަކަ އޭނާ ދޮގުކޮށްފި އެވެ.

އޭނާގެ އަންހެނުން އަންކިތާ ބަނޑުބޮޑު ކަމަށް މީޑިއާތަކުގައި ފެތުރެމުން ދިޔަ ދުވަސްވަރުގައި އޭނާ ވަނީ އަންހެނުން ބަނޑުބޮޑު ނޫން ކަމަށް ކަށަވަރުކޮށްދީފަ އެވެ.

ދެހާސް ފަނަރަ ވަނަ އަހަރު އެ ދެމީހުންގެ ލޯބީގެ ގޮށް މޮހާލައިފައިވާ އިރު އެ ދެމީހުންގެ ދަރިއެއް އަދި އެއް ނުހުރެ އެވެ.

ކަރަން ބުނީ ބައްޕަ އަކަށް ވާން އުޅޭ ނަމަ އެވާހަކަ މީޑިއާއާ ލަސްނުކޮށް ހިއްސާ ކުރާނެ ކަމަށެވެ. އަދި ދޮގު ވާހަކަ ނުފެތުރުމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.