01 May 2018, 08:51
ސުޕަހީރޯ ފިލްމު އެވެންޖާސް:އިންފިނިޓީ ވޯއިން ބޮކްސް އޮފީހުގައި ބޮޑެތި ރިކޯޑުތައް ގާއިމްކުރަމުން އެބަދެއެވެ.
މާވެލް އާއި ޑިޒްނީގެ ފިލްމު ރިލީޒްކުރި ފުރަތަމަ ދުވަހުވެސް ގްލޯބަލް އިންކަމްގެ ގޮތުގައި ވަނީ 641 މިލިއަން ޑޮލަރު ލިބިފައެވެ. ފިލްމު ރިލީޒްކުރި ހަފްތާ ބަންދުގައި ފިލްމަށް ލިބިފައިވަނީ 382 މިލިއަން ޑޮލަރެވެ.
އެވެންޖާސް އިންފިނިޓީ ވޯއަށް ވަނީ މިހާތަނަށް ފިލްމު އެޅުވި ދުވަހު ފިލްމަކަށް ލިބުނު އެންމެ ބޮޑު އާމްދަނީ ވެސް ލިބިފައެވެ.
މި ފިލްމަކީ 2015 ވަނަ އަހަރު ނުކުތް "އެވެންޖާސް އޭޖް އޮފް އަލްޓްރަން"ގެ ސީކުއަލް އެކެވެ.
ޒުވާނުންގެ މެދުގައި މަގުބޫލު މިފިލްމު ރާއްޖޭގައި ދައްކަނީ ޝްވެކް ސިނަމާގައެވެ. ގިނަ އަދަދެއްގެ ޒުވާނުން ފިލްމަށް ވަންނަ ކަމަށް ޝްވެކް އިން ބުނެއެވެ.
އިންފިނިޓީ ވޯއަށް ބޮޑު ތަރުހީބެއް ލިބެމުންދާއިރު މާވެލްގެ ބްލެކް ޕެންތާ އަށްވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. އަދިވެސް ބޮކްސް އޮފީޗް ޗާޓުގައި ބްލެކް ޕެންތާ އެބައޮތެވެ.