މިފްކޯގެ އުފެއްދުމެއް ގަނެގެން ތިން އުމްރާ ދަތުރު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިއަދުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި މިފްކޯގެ ފިހާރަތަކުން ކުރާ 100 ރުފިޔާ އިން މަތީގެ ވިޔަފާރިތަކަށް ކޫޕަނެއް ލިބޭނެއެވެ.

ޕްރޮމޯޝަނުގެ އެއްވަނަ އިނާމަކަށް ތިން މީހަކަށް އުމްރާ ދަތުރު ކަނޑައަޅާފައިވާއިރު ދެވަނަ އިނާމަކަށް ކަނޑައަޅާފައިވަނީ ތިން މީހަކަށް ތިން އައިސްއަލަމާރިއެވެ. އަދި ތިން ވަނަ އިނާމަކަށް ކަނޑައަޅާފައިވަނީ ހަތަރު މީހަކަށް ހަތަރު ޓީވީ އެވެ.

މިފްކޯ އިން ބުނީ މިދިޔަ އަހަރު ރަމަޟާން މަހާ ދިމާކޮށް އެކުންފުނީގެ އުފެއްދުންތައް އަގުހެޔޮ ކުރި އަގުގައި އުފެއްދުންތައް ލިބޭނެކަމަށެވެ.

އެގޮތުން ފެން މަސްދަޅުކޭހެއް 645 ރުފިޔާ އަށް، ތެޔޮ މަސް ކޭހެއް 680 ރުފިޔާ އަށް ލިބޭނެއެވެ.

މިފްކޯ އިން ބުނީ ރަމަޟާން މަހުވެސް މަސްދަޅު ބާޒާރުން ހުސްނުވެ ލިބެން ހުންނާނެެ ކަމަށެވެ.