30 Apr 2018, 20:05
ބ. ކަމަދޫގައި ކުނި މެނޭޖުކުރާ މަރުކަޒެއް ގާއިމުކުރުމަށް ވެހިކޮން ބިލްޑާޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ވެހިކޮން ބިލްޑާޒްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަހުމަދު ރަޝީދެވެ. އަދި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓެރީ އަޖުވަދު މުސްތަފާއެވެ.
ކަމަދޫގައި ކުނި މެނޭޖުކުރާ މަރުކަޒެއް ގާއިމުކުރުމަށް ވެހިކޮން ބިލްޑާޒްއާ ހަވާލުކުރުމަށް ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެންވަޔަރަންމަންޓު މިނިސްޓްރީ
ދިވެހި ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ އަގަކީ 1.19 މިލިއަން ރުފިޔާއެވެ.
އެންވަަޔަރަންމަންޓް މިނިސްޓްރީން ބުނީ އެއްބަސްވުމުގައި ސޮއިކުރާތާ 90 ދުވަސްތެރޭ މަސައްކަތް ނިންމަންޖެހޭނެ ކަމަށެވެ.