30 Apr 2018, 15:19
ތިން ކިލޯގެ މަސްތުވާތަކެއްޗާ އެކު 22 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި މަސްތުވާތަކެއްޗާއެކު ފުލުހުން ހައްޔަރުކޮށްފައި ވަނީ، ނޫސްވެރިއެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި އޭނާ މިހާރުވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
ނޫސްވެރިޔާ ހައްޔަރުކޮށްފައިވަނީ އެއާޕޯޓުންނެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ ރާއްޖެއިން ބޭރުން ފޮނުވި ފޮށިގަނޑެއް ބަލާ ގޮސް ހުއްޓާ، ޝައްކު ކުރެވިގެން ކަން ވަނީ އެނގިފައެވެ.
މި މައްސަލާގައި އިތުރު ބަޔަކު ހައްޔަރު ކުރި ކަމެއް އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.
މިކަމާއި ގުޅިގެން ފުލުހުން އަދި ވަކި އެއްޗެއް ނުބުނެއެވެ.