30 Apr 2018, 15:41
ބިއްލޫރި ދޮރެއް ތަޅައިގެންގޮސް މިއަދު ޒަޚަމްވި ކަލާފާނު ސްކޫލުގެ ދަރިވަރުގެ ހާލު މިހާރު ރަނގަޅު ކަމަށް އެ ސްކޫލުން ބުނެފިއެވެ.
ކަލަފާނު ސްކޫލުގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ އެ ހާދިސާ ހިނގީ ހުރާގައި އޮތް ކޭމްޕެއްގައި ދަރިވަރު ބައިވެރިވުމަށްފަހު އެނބުރި އައިސް ސްކޫލުގައި އުޅެނިކޮށް ކަމަށެވެ.
"މިދިޔަ ހޮނިހިރު ދުވަހު ކޭމްޕް ނިންމާފައި އައިސް ފޮއްޓެއް ވައްދަން އުޅެނިކޮށް ބިއްލޫރި ދޮރުގައި ޖެހި ދޮރޮ ތަޅައިގެން ދިޔައީ. އޭރު ބެލެނިވެރިޔާވެސް ކައިރީގައި ހުރި،" އޮފިޝަލް ވިދާޅުވިއެވެ.
އެ ހާދިސާގައި ދަރިިވަރުގެ ދެ އަތަށްވެސް އެކި ވަރުގެ ޒަޚަމްތަކެއް ލިބިގެން އައިޖީއެމްއެޗްގައި ފަރުވާ ދީފައިވާ ކަމަށް ސްކޫލުން ބުންޏެވެ.
ޒަަޚަމްވި ދަރުވަރު އަންނަ ހަފުތާގައި ސްކޫލަށް ނިކުންނާނެ ކަމަށްވެސް ކަލާފާނު ސްކޫލުން ބުންޏެވެ.