ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގުތައް ހަދައި ނިންމައިފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އިއްޔެ ކުރި ޓުވީޓެއްގައި ބުނީ ދެވަނަ ފިޔަވަހީގެ ދަށުން ހެދި މަގުތައް ނިމިފައިވާ ކަމަށާއި ދެން ނުނިމި އޮތީ މަގުތަކުގައި ހަރުކުރަން ޖެހޭ ނިޝާންތައް ހަރުކުރުމުގެ މަސައްކަތް ކަމަށެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގެ މަގުތައް ހަދައި ނިންމުމަކީ ހުޅުމާލޭ ތަރައްގީ ކުރުމަށް ހިންގާ ދެވަނަ ފިޔަވައްސަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން ހެދި މަގުތައް-- ފޮޓޯ: އެޗްޑީސީ

އެޗްޑީސީން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގުތައް ހެދުމަށް އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓް ކުންފުންޏާއި އިންޑިއާގެ އަޝޯކާ ބިލްޑްކޮން ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗަ ކުންފުންޏަކާ ހަވާލުކުރީ 2015 ވަނަ އަހަރު އޮކްޓޯބަރު މަހު އެވެ.

ސާޅީސް މިލިއަން ރުފިޔާގެ އެ މަޝްރޫއު ކުރިން އޮތީ 18 މަސްދުވަހުން ނިންމާ ގޮތަށެވެ. ނަމަވެސް އެ މަޝްރޫއު ދިގުލަިއގެން ދިޔަ ސަބަބު ވަނީ ސާފުވާގޮތް ނުވެފަ އެވެ.

އެޗްޑީީސީން އޭރު ޑިޒައިން ކޮށްފައި ވަނީ 15 ކިލޯ މީޓަރުގެ މަގު ހެދުމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ވަނީ 2،028،510.8 އަކަ ކިލޯ މީޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ.