ބެއިޖިން (އޭޕްރިލް 30): ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ މިހަފްތާ ތެރޭ އުތުރު ކޮރެއާއަށް ވަޑައިގަންނަވާނެ ކަމަށް ޗައިނާއިން ބުނެފި އެވެ.

ޗައިނާއިން ބުނި ގޮތުގައި އަންނަ ބުދަ ދުވަހު މިނިސްޓަރު ޔީ އުތުރު ކޮރެއާއަށް ވަޑައިގަންނަވަނީ އެ ގައުމުގެ ދައުވަތަކަށެވެ.

މިދިޔަ މަހު އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވަނީ ޗައިނާއަށް ވަޑައިގެން އެގައުމުގެ ރައީސް ޝީ ޖިން ޕިންގްއާ ބައްދަލު ކުރައްވާފައި އެވެ. އަދި އެބައްދަލުވުމުގައި ކިމް ވަނީ، އުތުރު ކޮރެއާ އިން އޮތީ ވަކި ޝަރުތުތަކެއްގެ މަތިން އެ ގައުމުގެ ނިއުކްލިއާ ހަތިޔާރު ނައްތާލަން ތައްޔާރަށް ކަމަށް ވިދާޅުވެފަ އެވެ.

އަދި މިދިޔަ ހުކުރު ދުވަހު ދެ ކޮރެއާގެ ލީޑަރުން ބައިވެރިވެވަޑައިގެންނެވި ތާރީހީ ބައްދަލުވުމުގައި ދެ ލީޑަރުން ވަނީ ''ގައި ސޮއި ކުރައްވައިފަ އެވެ.

އެ ޑެކްލަރޭޝަންގައި ވަނީ 1950 އިން 1953 އަށް ދެ ކޮރެއާގެ މެދުގައި ކުރިއަށް ދިޔަ ހަނގުރާމަ ރަސްމީކޮށް ނިންމާލުމުގެ ގޮތުން، އެދެ ގައުމުން މި އަހަރު ތެރޭ ސުލްހައިގެ އެއްބަސްވުމެއްގައި ސޮއި ކުރާނެ ކަމަށް ބުނެފަ އެވެ. އަދި ކޮރެއަން ޕެނިންސުލާއިން ނިއުކްލިއާ ހަތިޔާރު ނައްތާލުމަށް ދެ ގައުމުން މަސައްކަތް ކުރާނެ ކަމަށް ވެސް އެޑެކްލަރޭޝަނުގައިވެ އެވެ. (ބީބީސީ)