02 Sep 2011, 16:26
ދުއްވާފައި ދިޔަ ޓެކްސީއެއްގެ މައްޗަށް ގަހެއް ވެއްޓިއްޖެ އެވެ.
މިއަދު ހެނދުނު ގާތްގަނޑަކަށް 8:00 ޖަހ އެހާކަންހާއިރު ހިނގި މި ހާދިސާގައި ކާރުގައި ތިބި މީހުންނަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ޓެކްސީގެ ތެރޭގައި ޑްރައިރާއެކު ތިބީ ކިތައް މީހުން ކަމެއް ސަންއަށް ސާފުވެފައެއް ނުވެއެވެ.
ކާރު މައްޗަށް ވެއްޓުނީ ހ. ފޯވިންޑްސް ގައި ހުރި ބިޔަ ފިތުރޯނު ގަހެކެވެ. އެ ގަސް ކާރުގެ މައްޗަށް ވެއްޓުނީ ކާރު މަޖީދީމަގުން ދުއްވާފައިދދަނިކޮށެވެ.
ނުރައްކާތެރި މި ހާދިސާގައި ކާރުގެ ކުރީ ބޮނެޓް އެއްކޮށް ބަނޑިވެ އަދި ކުރީ ބިއްލޫރިގަނޑު ތަޅައިގެންގޮސް ކާރަށް ބޮޑެތި ގެއްލުންތައް ވެފައިވެއެވެ. ޓެކްސީއަށް ބޮޑެތި ގެއްލުންތައް ވެފައިވީނަމަވެސް، އެއްވެސް މީހަކަށް މިހާދިސާގެ ސަބަބުން އަނިޔާ ވެފައެއް ނުވެއެވެ.
މިހާދިސާއަށް ފަހު ސިފައިން އ ެސަރަހައްދަށްގޮސް، ވެއްޓިފައިވާ ގަސް ކޮށައި، ގަހުގެ ބައިތައް އެސަރަހައްދުން ނަގާފަ އެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި ޓެކްސީ ކުރަމުން ދިޔަ ކާރުގެ މައްޗަށް ބިޔަ ފިތުރޯނު ގަސް ވެއްޓުނީ ރެއިން ފެށިން މާލެއަށް ކުރި ވިއްސާރައި ގަސް އަރި އަޅާލާފައި އޮތުމަށް ފަހު އެވެ.